ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް ރީޖަނަލްސް އެއާޕޯޓްސްއިން ބުނެފިއެވެ.

ރީޖަނަސް އެއާޕޯޓްސްއިން އެހެން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓަށް އަލުން އިންޓަނޭޝަނަލް ދަތުރުތައް ފެށުމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކެނޑުމެއް އައީ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުނު ހިސާބުން ކަމަށެވެ. މަޝްރޫއު ފެށުމުގެ ކުރިން ކުންފުނީގެ އަމާޒަކަށްފެވައި އޮތީ އެއާޕޯޓުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ބުނެފައި ވެެއެވެ. ނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް އަވަހަށް ޕްރޮޖެކްޓް ނިންމާލުމަށްޓަކައި އެއާޕޯޓު އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންޓަރނޭޝަނަލް ފްލައިޓް ކެންސަލް ކޮށްލަން ޖެހުނު ކަމަށްވެސް ބުނެފައި ވެއެވެ.

ރީޖަނަލްސް އެއާޕޯޓްސްއިން ބުނިގޮތުގައި ހަނިމާދޫ އެއާޕޯޓްގެ ހިދުމަތްތަށް ތަރައްގީ ކޮށް އިތުރަށް ފުޅާ ކުރުމަށްޓަކާ 2،465 މީޓަރުގެ އާރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން، މިހާރު މިވަނީ 1،200 މީޓަރުގެ މަސައްކަތް އެއްކޮށް ނިންމާ މި މަހުގެ 12 ވަނަ ދުވަހު އެއްކޮށް ވަނީ ހުޅުވާފައެވެ.

"2،465 މީޓަރުގެ އާރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވިގެން ދާނެ." ރީޖަނަލްސް އެއާޕޯޓްސްއިން ބުނެފައިވެއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެ ކުންފުނީހެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީން ގެ އިރުޝާދުގެ ދަށުން އާ ސަރުކާރުގެ ޕްލޭންއާ އެއްގޮތަށް މުޅި އެއަރޕޯޓްގެ މަސައްކަތްތަށް މިހިނގާ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ނިންމާ އޮޕަރޭޝަން އަށް ހުޅުވާލެވިގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު