ރާއްޖެއަށް އިތުރު ދެ ކުރޫޒާލައިން އަތުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ހާމަކުރި ގޮތުގައި "އެމްއެސް އާޓެނިއާ" ކްރޫޒްލައިނާ އިއްޔެ ހެނދުނު 6:00 ގައި ވަނީ ރާއްޖެ އައިސްފައެވެ. މާލެ ކައިރީގައި ބަނދަރުކޮށްފައި އޮތް މި ކުރޫޒްލައިނާއަކީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިން އައި ކުރޫޒްލައިނާއެކެވެ.

މި ކްރޫޒްލައިނާގައި 1،200 ފަތުރުވެރިންނާއި 530 ކްރޫއިން ވަނީ ދަތުރުކޮށްފައެވެ.

މިއަހަރު މިހާތަނަށް 10 ކުރޫޒްލައިނާ ރާއްޖެ އައިސްފައިވާއިރު މި މަސްތެރޭގައި އިތުރު ކްރޫޒްލައިނާއެއް ވެސް ރާއްޖެ އަންނާނެ ކަމަށް މާޔާއިން ވަނީ ބުނެފައެވެ.

މާލެ ކައިރީގައި އޮތް ކްރޫޒްލައިނާ - ފޮޓޯ: މާޔާ

މިދިޔަ އަންގާރަ ދުވަހު ރާއްޖެއަށް އައި ކްރޫޒްލައިނާ "އެމް އެސް އައިދިއާބެލާ" އިން 2،148 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ހެހެހެ މިވަރުގެ ބޮޑެތި ބޯޓުފަހަރު އައިސް މާލޭގައި ބަދަރު ޖަހާއިރު އެ ބޯޓުން މާލެ ފައިބާ މީހުން އިށީދެލަން ގޮނޑިގަޑެއް ގެ ހިސާބެއްވެސް ނުހުރޭ! އެމީހުންނައް ސާވިސް އެއް ނުދެވޭ! މިހުރީ މަގައުމުގެ ފެންވަރު. ދެންވެސް ހެސްކިޔާފަ ބޮޑެތި ދޮގުތައް އިންތިހާބާ ދިމާކޮއް ހެދޭތޯ ބަލާ!