ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ 28 އެޕްރީލް ވަނަ ދުވަހުގެ ރޭގަނޑު 8:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 'ހައިބްރިޑް' ކޮށްކަމަށްވާތީ، ޖަލްސާގައި ހިއްސާދާރުންނަށް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެގެން ބައިވެރިވެވޭނެއެވެ.

ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނީ:

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން: 27 އެޕްރީލް ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން: 26 އެޕްރީލް ވަނަ ދުވަހުގެ13:00 ގެ ނިޔަލަށް

އެހެންކަމުން، 24 އެޕްރީލް ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނޭ ހިއްސާދާރުންނަށް މިޖަލްސާގައި ބައިވެރިވުމަަަށް ދައުވަތު އެރުވިފައިވާ ކަަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، މާލަމަށް ދާ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 ހިއްސާދާރުންނަށް ލިމިޓްކޮށްފައެވެ. އެހެންކަމުން ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރާ ހިއްސާދާރުންނަށް، ޖަލްސާގައި ބައިވެރިވެވޭނީ މާލާމަށް ހާޒިރުވެގެން ނުވަތަ އޮންލައިންކޮށްކަން، 28 އެޕްރީލް ދުވަހުގެ 13:00 ގެ ކުރިން އެންގޭނެއެވެ.

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިއުކުރެވިފައެވެ. އަދި މި ލިންކުންhttps://bit.ly/3t8KAhS އެ މައުލޫމާތު

ކިޔުންތެރިންގެ ހިޔާލު