ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ހިލޭ ކުކުޅު ކުރަނޑި ކޭހެއް ލިބޭ ގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ 11 ވަނަ ހަފްތާގެ ކޭސް ކާމިޔާބު ކުރި މީހާ ހޮވައިފިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ކުކުޅު ފިހާރައިން ތަފާތު ޕްރޮމޯޝަންތައް އަބަދުވެސް ބާއްވަމުން އަންނައިރު، މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮމޯޝަންގެ 11 ވަނަ ހަފްތާގެ ނަސީބުވެރިިއަކީ މަރިޔަމް އިސްމާއީލެވެ.

މި ޕްރޮމޮޝަންގެ ދަށުން އެ ފިހާރައިގެ ފޭސްބުކް ޕޭޖްގައިވާ ޕޯސްޓް ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ލައިކް ޝެއާރ އެންޑް ޓެގް އަދި ކޮމެންޓް، ކުރާ ފަރާތްތަކަށް ކުކުޅު ކުރަނޑި ކޭހެއް ކޮންމެ ހަފްތާއަކުވެސް ލިބޭނެއެވެ. މި ޕްރޮމޯޝަން ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މީގެ ކުރިންވެސް ޝެއާ އެންޑް ވިން ޕްރޮމޯޝަން ކުކުޅު ފިހާރައިން ބާއްވާފައިވެއެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު