ހޯމް ބިލްޑް ލޯނާއި ފައިނޭންސިންގ މެދުވެރިކޮށް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާ
ހޯމް އިކުއިޓީ ލޯނާއި ފައިނޭންސިންގެ ގޮތުގައި 50،000 ރުފިޔާ އިން ފެށިގެން މަތީގެ އަދަދު ދޫކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހައުސިންގ އަށް އަމާޒުކޮށް އައު ލޯނު ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފިއެވެ. ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށް ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެކެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބޭންކުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފައެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ.

މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ، "މއީ މުޅި ރާއްޖޭގައި ތިބި އެބޭފުޅުންގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ." ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިބުރާހިމް

    ތިޔަލޯންހޯދަން ކިހިނެއްތޯހަދަންޖެހެނީ އޭގެ ތަފްސީލެއް ލިޔެލިނަމަ ތަންކޮޅެއް ފަސޭހަވީސް އެމަގުންހިނގަން

    12
    • ހިުދުހުދު

      ވަރަށް ބަރާބަރު ސުވާލެއް. ތީހައްތާވެސް ބޭނކް އޮފޮމޯލްޑިވްގެ އަމިއްލަ އިންޓްރެސްޓްގަ ޖަހާމަޅި... ތި ލޯނެއްނުލިބޭނެ މިހާރުވެސް ގެދޮރު ނުހެދި ހުރީ ރައްޔިތަކަށް... ތިލީބޭނީ ހަމަ 10 ޞުރިޔަށް ގެނގާއިގެން ބޮޑުއަދަދުން ކުލިލީބޭ މީހުންނަށް އެކަނި އެމީހުން ތީގެ ޝަރުތުވެސް ފުރިހަމަވާނީ... އެހެންވީމަ ތިކުރެއްވި ސުވާލުގެ ޖަވާބު މިގައި ނެތީ.... މީ ހަގީގަތް..

    • ހިުދުހުދު

      ވަރަށް ރަގަޅު ސުވާލެއް... ތިޔަލޯނެއްނުލިބޭނެ ގެދޮރު ނެހެދިފައިތިބޭ އާއްމުންނަކަށް... ސަބަބަކީ ޝަރުތުފުރިހަމައެއްނުވާނެ... ތިޔަ ލޯނުވެސް ލިބޭނީ ހަމަ 10 ބުރީގެ އިމާރާތުގެ ވެރިންނަށް ސަބަބަކީ އެމީހުން ޝަރުތުފުރިހަމަވާނީ... މިއީ ހައްތާވެސް ބޭންކޮ އޮފް މޯލްޑިވޮސްގެ އަމިއްލަ އިންޓްރެސްޓުގަ ޖަހާމަޅި... ލީބޭމީހާ ދެންވެއް ލިބި އިތުރުވާނީ ނުލިބޭމީހާ ހަމަ ހުންނަން ޖެހޭނީ ..... ދޮގެއްތޯ؟ ގެނެހެދި ހުރި އާއްމުމީހާއަށް ލިބޭ މުސާރަ އަކަށް ތިޔަބޭންކުން ލޯނެއްނުދޭނެ... ހުސް އިސްތިހާރު... އެއްމެން އިސްލާމިކް ބޭންކަށް ބަދަލުވުން މާ ހިތައްފިނިކަންލިބޭނެ...

  2. މާމުއިކޯރު

    ލޯނު،ނަގަން،ދިއުމުން ޝަރުތަކީސަރުކާރު ވަޒީފާ އަދާކޮށް 10000ރ މުސާރަ ސަރުކާރަށްސަޕޯޓުކުރާމީހަކަށްވާންޖެހޭނެކކަމާއި ބޭންކުގައި އާއިލީމީހަކުހުންނަންޖެހޭނެ

    1
    1
  3. ބޮޑުރަސްގެފާނު

    ދަރަނި ނުދެއްކުނީމާ އިނދަޖެހުނީމާ އެފަދަ މީހުން އަލުން ތެދުވަން އެހީވެ ދޭ ލޯނެއް ނެތްތޯ. . ފުރުސަތަކީ ނާކާމިޔާބުގެ ވެސް ގައްގެއް ނޫންތޯ . &&&&&