އެލައިޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަފާޒް މުހައްމަދު ހަމަޖައްސައިފިއެވެ.

އެލައިޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޝަފާޒް އެމްޑީއަކަށް ހަމަޖެއްސީ އެ މަގާމްގައި ކުރިން ހުރި އަހުމަދު އަމީލް، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ނޯޓިސް ފޮނުވުމުންނެވެ.

އެމްޑީގެ މަގާމަށް ޝަފާޒް އައްޔަންކޮށްފައި ވަނީ މިއަދުއެވެ. އޭނާއަކީ އެލައިޑްގައި 24 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ބޭފުޅެކެވެ.

އެލައިޑްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. ޝަފާޒް އެ މަގާމަށް އައްޔަން ކޮށްފައިވަނީ އެސްޓީއޯގެ ބޯޑުންނެވެ.