މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ހިތުން ޖާގަ ހޯދި "އޫދު އަލް ސަބާޔާ" ގެ ބްރޭންޑްގެ އައްޑޫ ފިހާރަ ބަދަލުތަކާއެކު އަންނަ ހުކުރު ދުވަހު ހުޅުވުމަށް ނިންމައިފިއެވެ. ޔަގީނުންވެސް މާދަމާ ރޭ މުޅި އައްޑޫސިޓީއަށް މީރުވަސް ދުއްވާލާނެއެވެ.

އެ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައެވެ.

މީރުވަސް ދުވާ އަތަރާއި، ލޯޝަން އަދި ސެންޓްވެސް އުފައްދައި ވިއްކަމުން އަންނަ އޫދު އަލް ސަބްޔާގެ އައްޑޫ ފިހާރަ އަލުން ހުޅުވަނީ މާދަމާ ރޭގަނޑު 20:00 ގައެވެ.

"އޫދު އަލް ސަބާޔާ"ގެ އާ ވައްތަރުގެ އަތަރު އައްޑޫއިން ލިބޭނެ

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ފިހާރަ ބަންދު ކުރިނަމަވެސް، އެ ފިހާރަ އަލަށް ހުޅުވިގެން ދާއިރު އާ ވައްތަރުގެ އަތަރާއި، ޕާފިއުމްވެސް ލިބެން ހުންނާނެއެވެ.

"އޫދު އަލް ސަބާޔާ"ގެ އާ ވައްތަރުގެ ޕާފިއުމް އައްޑޫއިން ލިބޭނެ

މާދަމާ ރޭ އެ ފިހާރަ ހުޅުވާނެއެވެ. އެ ފިހާރައިން "އޫދު އަލް ސަބާޔާ" ގެ ފިހާރައިން "އޫދު އަލް ސަބާޔާ" ގެ މައި ފިހާރަ އިން ލިބޭ ހުރިހާ އަތަރެއް ލިބެން ހުންނާނެއެވެ. އަދި މާލޭގެ އެ ފިހާރައިގެ މައި އައުޓްލެޓް އާއި އެއް އަގެއްގައި އަތޮޅު ތެރޭގައިވެސް " އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތައް ލިބޭނެއެވެ.

"އޫދު އަލް ސަބާޔާ" ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވީ، އައްޑޫ ސިޓީގައި ހުޅުވި ފިހާރައަށްވެސް ހީނުކުރާ ވަރަށްވުރެ ބޮޑު ތަރުހީބު ލިބެމުން ދިޔަ ކަމަށެވެ. އަދި ގިނަ ބައެއްގެ އެހީތެރިކަންވެސް ލިބުނު ކަމަށެވެ.

އޮންލައިން ޕޭޖަކުން ފެށި އޫދު އަލް ސަބާޔާގެ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަތަރު ބްރޭންޑެެކެވެ.