ދިވެހިންގެ މެދުގައި މަގުބޫލް އޫދް އަލް ސަބާޔާ ފިހާރަ މަރާމާތަށް ބަންދުކޮށްފިއެވެ.
އެ ފިހާރަ ބަންދުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
އެ ފިހާރަ ބަންދުކޮށްފައި ވަނީ މަރާމާތަށްފަހު ވަރަށް އަވަހަަށް ހުޅުވާ ގޮތަށެވެ. ފިހާރަ ބަންދު ކުރުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ބައެއް ދަތިތައް ދިމާވެފައެވެ.
ނަމަވެސް އެ ފިހާރަ އަލުން ހުޅުވިގެންދާނީ ކަސްޓަމަރުންނަށް އުފާވާނެ ފަދަ އޮފާތަކަކާއެކުކަމަށް އޫދު އަލް ސަބާޔާގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ޝަބީން ވިދާޅުވިއެވެ.
ޝަބީން ވިދާޅުވީ، އެ ފިހާރަ މަރާމާތަށް ބަންދު ކުރުމާއި ގުޅިގެން މިހާރުވެސް ގިނަ ބަޔަކު މެސެޖްކޮށް ގުޅަމުން އަންނަ ކަމަށެވެ.
އޮންލައިން ޕޭޖަކުން ފެށި އޫދު އަލް ސަބާޔާގެ އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަތަރު ބްރޭންޑެެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
އޫދު އަލް ސަބާޔާއިން މާލޭގެ އިތުރުން އައްޑޫސިޓީގައި ވެސް ފިހާރައެއް ހިންގަމުން ދެއެވެ. އެ ދެ ފިހާރައިންވެސް އާ ވައްތަރުގެ އަތަރާއި، ޕާފިއުމްވެސް ލިބެން ހުންނާނެވެ.
ހޯދަންދާއެއްޗެއް ނުލިބޭ ދުވަހަކުވެސް ވަރަށް ފޫހިވޭ
ކޯންޗެއް ނުލިބެނީ