ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އެސްޓަރސް އިން "ދަ ބިގް އޮރެންޖް ސޭލް 2018"ގެ ނަމުގައި ބޮޑު ސޭލްއެއް ފަށައިފިއެވެ.

މި ސޭލްއަކީ ރޯދަމަހާއި ދިމާކޮށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސޭލްއެވެ.

އެސްޓަރސް އިން ބުނީ،މި ސޭލްގައި ހައިރާން ކުރުވާހާ ހެޔޮ އަގުތަކެއްގައި މުދާ ބައްލަވައިގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

މިސޭލްގައި އެންމެ ހެޔޮއަގެއްގައި ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސޯފާ އަދި ޑައިނިންގެ ސެޓެވެ.
އެގޮތުން ސޯފާ 999 ރުފިޔާއިން ފެށިގެން ހެޔޮއަގުތަކެގައި ލިބިގެންދާއިރު، ޑައިނިންގ ސެޓް 1777 – 2999 ރުފިޔާ އާއި ދެމެދު އަގެއްގައި ލިބޭނެއެވެ.

އަދި ކުރިޔަށް މިއޮތް ދުވަސްތަކުގައި އެސްޓަރސްގައި ލިބެންހުރި ތަފާތު އެތަށް ޕޮރޮޑަކްޓެއް ސޭލް އަގުތަކުގައި ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އެސްޓަރސް އިން ބުންޏެވެ.

ބާޒާރުގައި އަބަދުވެސް އެންމެ ކޮލިޓީ މުދާ ހެޔޮއަގުގައި ދިވެހިންނަށް ލިބޭނެ ގޮތް ހެދުމަކީ އެސްޓަރސްގެ ހަމައެކަނި މަޤުސަދުކަމަށް އެސްޓަރސް އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުއިނިންނި

    އުފާވެރި ހަބަރެއް

  2. ސުނޭ

    މިވަރެއްނޯންނާނެ

  3. އިހަވަންދޫ އަލީ

    ވަރަށް ކޮލިޓީ ދަށް އެސްޓާސްގެ މުދާ އެއީ މައސްލަޔަކީ ތަންކޮލޭއް ކޮލިޓީ އެއްޗިހިތަށް ގެނެސް ވިއްކަންވީ

  4. ވިލުފުށި

    މުދާހިފައިގެން ރައްތަކައް ނާދެވޭނެތަ