ކުލަ ކަޅުވިޔަސް އަދި އައްޔަސް ހަންގަނޑަށް ތާޒާކަމާއި ދުޅަހެޔޮ އަދި އޮމާންކަމާއި މަޑުކަމެއް ލިބިފައިވުމީ އެކަމުގެ ސަބަބުން މީހާގެ ރީތިކަމާއި ތާޒާކަން ހާމަވާ ކަމެކެވެ. ހަންގަނޑުގެ ދުޅަހެޔޮ ކަމަށް ރައްކާތެރިވުމުގެ ބޭނުމަކީ ހަމައެކަނި ރީތިކަމެއް ހޯދުން ނޫންކަމުގައި ވާއިރު، އެކަމަކީ ސިއްޙަތާއިވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

މި ބޭނުމުގައި ތަފާތު އެކި އުފެއްދުންތައް ތައްޔާރުކުރެވިފައި ވީނަމަވެސް، އެފަދަ ގިނަ އުފެއްދުންތަކުން އެކަށީގެންވާ ނަތީޖާއެއް ލިބުން ވެފައި އޮންނަނީ ދުރުކަމަކަށެވެ. އަދި ހަމަ އެހެންމެ އެފަދަ ބައެއް ތަކެތި ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑަށް ގެއްލުން ލިބި ހަންގަނޑުގެ ރީތިކަން ގެއްލިގެންދާ ފަހަރުވެސް އާދެއެވެ. އެހެންކަމުން، ހަންގަނޑުގެ ރީތިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް އަބަދުވެސް އެންމެ އެކަށީގެންވާ ފައިދާހުރި އުފެއްދުންތައް ދެނެގަނެ އިޚްތިޔާރުކުރުމަކީ މުޙިންމު ކަމެކެވެ.

އަލޮވެރާއަކީ ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ޚާއްސަކޮށް މިގަހުގެ ފަތްތަކުގެ ތެރޭގައި ޖެލްގެ ގޮތުގައި ރައްކާކުރެވިފައިވާ ފައިދާހުރި ބައިތަކަކީ، ހަށިގަނޑުގެ ހަންގަނޑު ރީތިކުރުމުގެ އިތުރުން އިސްތަށިގަނޑު ވަރުގަދަކޮށް ދުޅަހެޔޮކުރުމަށް ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން ހަންގަނޑުގެ ރީތިކަމާއި އޮމާންކަން އަލުން ގެންނަން އެދޭ ފަރާތްތަކަށް އަލޮވެރާގެ އުފެއްދުންތަކަކީ މުޙިންމު ހައްލެކެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ދާދި ފަހުން ވަނީ އަލޮވެރާގެ އާ އުފެއްދުންތަކެއް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ. އެކި ބޭނުންތަކުގައި ބޭނުން ކުރެވޭ މި ޕްރޮޑަކްޓުތަކަކީ ގިނަ ބަޔަކު ތަޖުރިބާކޮށްފައިވާ މޮޅު އުފެއްދުންތަކެކެވެ.

1. ރިއަލް ނޭޗާ އަލޮވެރާ މޮއިސްޗާ ޑެއިލީ މާސްކް
(އަގު: 570 ރުފިޔާ / ޕެކެއްގައި 30 ޝީޓް)

މޫނުގެ ހަންގަނޑު ތާޒާކޮށް، ހަންގަނޑު އޮމާންކުރުމަށް ބޭނުންކުރެވޭ މި ޚާއްސަ މާސްކް ޝީޓަކީ ދުވާލާއި ރޭގަނޑު ބޭނުންކުރުން މުޙިންމު މާސްކެކެވެ. ބޭނުން ނަމަ ދުވާލަކު އެއް ފަހަރުވެސް މި މާސްކް ބޭނުން ކުރުން ރަނގަޅެވެ. ތާޒާ އަލޮވެރާ ފަތުގެ ޖެލް ބޭނުންކޮށްގެން އުފައްދާފައިވާ، މި މާސްކު އާދަކޮށް ބޭނުންކުރާން ފެށުމުން އިސާހިތަކު ހަންގަނޑު މަޑުވެ އަލޮވެރާ ފަތުގެ ފައިދާތައް ފެންނާން ފަށައެވެ.

މި މާސްކް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާއިރު، ރަނގަޅަށް މޫނު ދޮވެލުމަށްފަހު މޫނުން ފެން ހިއްކައި 10 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއް ވަންދެއް މާސްކް އަޅައިގެން ހުންނަން ޖެހެއެވެ. މިގޮތަށް ކަންތައް ކުރުމުން، މި މާސްކުގައި ރައްކާ ކުރެވިފައިވާ ހަންގަނޑަށް ފައިދާ ހުރި ބައިތައް މޫނުގެ ހަންގަނޑުގެ ތެރެޔަށް ވަދެ އޭގެ ފައިދާ ވަގުތުން ލިއްބައިދެއެވެ.

2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ)

މިއީ ހަންގަނޑު މަޑުކުރުމަށް ޚާއްސަ ދެ ބާވަތެވެ. ނަމަވެސް ކޮންމެ ދުވަހަކު ބޭނުންކުރަންޖެހޭ މި ދެ ބާވަތުން އިތުރު ގިނަ ފައިދާތަކެއްވެސް ހަންގަނޑަށް ލިއްބައިދެއެވެ. އެގޮތުން ހަންގަނޑުގެ ކުރަކިކަމާއި ހިކިކަން ފިލުވާލާ ހަންގަނޑު އޮމާންކޮށް ތާޒާކަން އިތުރުކޮށްދިނުމުގައި މި ފޭޝަލް މާސްކް އަދި ސްކްރަބް މުޙިންމު ދައުރެއް އަދާކުރެއެވެ.

ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ބޭނުންކުރެވޭ މި މާކްސް އަކީ އަލޮވެރާއާއި ހަންގަނޑަށް ފައިދާކުރަނިވި ޚާއްސަ ބާވަތްތަކުން އުފައްދާފައިވާ ކްރީމެކެވެ. އަދި ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް ސްކްރަބް އަކީވެސް މިގޮތުގެ މަތީން ހަންގަނޑު އޮމާންކުރުމަށް ބޭނުންކުރާ ބައިތައް އެކުލެވޭގޮތަށް އުފައްދާފައިވާ ސްކްރަބެކެވެ.

މި ދެބާވަތް ކޮންމެ ދުވަހެއްގައި އެއްފަހަރު ބޭނުންކުރުން އެދެވިގެން ވެއެވެ. މިގޮތުން ބޭނުންކުރާ އިރު، ފަސް މިނެޓު ވަންދެން މޫނުގެ ހަންގަނޑު މިތަކެތި ބޭނުންކޮށްގެން މަސާޖު ކުރުން ރަނގަޅެވެ. އާދަކޮށް މިގޮތުގެ މަތީން މި ދެ ޕްރޮޑަކްޓު ބޭނުންކުރާނަމަ ދާދި އަވަހަށް އެކަމުގެ ހެޔޮ ނަތީޖާ ފެންނަ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނެއެވެ.

3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ)

 

މިއީ އާދަކޮށް ކޮންމެ ދުވަހަކުވެސް ބޭނުންކުރުން ރަނގަޅު ފައިދާ ކުރަނިވި ޖެލް އެކެވެ. ހަމައެކަނި އަލޮވެރާ ފަތްތަކުން ނަގާފައިވާ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ޖެލްގައި އެންޓިއޮކްސިޑެންޓް އާއި ހަންގަނޑަށް ފައިދާކުރަނިވި އެންޒައިމްތަކުގެ އިތުރުން ވިޓަމިން އޭ އަދި ވިޓަމިން ސީ ގިނަ އަދަދަށް އެކުލެވެއެވެ.

މި ޖެލް އަކީ ހަންގަނޑުގައި ކުލަ ބަދަލުވެ ނުވަތަ އަނދާފައި ހުންނަ ތަންތަނަށްވެސް ފަރުވާއެކެވެ. ހަމަ އެހެންމެ ހަންގަނޑު ހިކިފައި ހުންނަ ހުރުމަށްވެސް މި ޖެލް އިން ފަރުވާކޮށްދެއެވެ. ހަންގަނޑުގެ ތާޒާކަމާއި ރީތިކަން ދެމެހެއްޓުމަށް މި ޖެލް އާދަކޮށް ބޭނުން ކުރުމަކީ މުހިންމު ކަމެއް ކަމަށް މި ޖެލް ބޭނުންކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ" ޕޭޖަށް މެސެޖު ކުރުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.



ލިބޭ އިން ވިއްކާ އިތުރު ބައެއް ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


2. ވަޓްސަން ބޮޑީ ވޮޝް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


3. ސްޕާކަލް - ޓްރިޕަލް ވައިޓް ޓޫތް ޕޭސްޓް (100 ގްރާމް: 200 ރުފިޔާ / 60 ގްރާމް: 120 ރުފިޔާ / 20 ގްރާމް: 50 ރުފިޔާ) [އިތުރު މައުލޫމާތު]


4. ސްޕާކަލް - ވައިޓްނިންގް މައުތްގާޑް ޕެކް (520 ރުފިޔާ) [އިތުރު މައުލޫމާތު]

ސްޕާކަލް މައުތްގާޑް ޕެކް