ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ މުވައްޒަފުންނަށް ކުންފުނިން ބޯނަސް ބަހަން ޖެހޭނީ ސަރުކާރަށް ޑިވިޑެންޑް (ކުންފުނީގެ ފައިދާ) ދެއްކުމަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލެއް ބުނާ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ ބޯނަސްއަކީ ސަރުކާރުން ކަނޑައަޅާ ޑިވިޑެންޑް ޕޮލިސީއާ އެއްގޮތަށް ޑިވިޑެންޑް ދެއްކުމަށް ފަހު ދޭ ބޯނަސްއަކަށް ވާން ޖެހޭނެއެވެ.
ޑިވިޑެންޑް މިނިސްޓްރީ އޮފް ފިނޭންސް އަށް ދެއްކުމަށް ފަހު ނުވަތަ ޑިވިޑެންޑް ދެއްކާނެ ގޮތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީއާއެކު އެއްބަސްވުމަކަށް ދިއުމަށްފަހު ނޫނީ ދެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯނަސް އެއް ނުލިބޭނެއެވެ.
މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ސަރުކާރަށް ޑިވިޑެންޑް ދައްކަން ޖެހުމުގެ އިތުރުން ބޯނަަސް ދިނުމަށް އިތުރު ހުރަހެއް ވެސް ސަރުކާރުން ވަނީ ކުރިމަތި ކޮށްފައެވެ. އަލަށް އެކުލަވާލި އުސޫލު ބުނާ ގޮތުން ކުންފުންޏެއްގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އަހަރީ އާންމު ޖަލްސާގައި ފާސް ކުރުމަށް ފަހު އެވެ.
ބޯނަސްގެ ގޮތުގައި ދިނުމަށް ހުށަހަޅާ އަދަދަކީ ކުންފުނިން އެއަހަރަށް ޑިކްލެއާ ކުރާ ޑިވިޑެންޑްގެ ތިން ޕަސެންޓަށް ވުރެ ބޮޑު އަދަދަކަށް ވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކުންފުނިތަކުގެ މުވައްޒަފުންނަށް ދެން ބޯނަސް ލިބޭނެ އުސޫލު ބަދަލު ކުރިއިރު ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ދޭ މިންވަރު ވެސް މިދިޔަ ރަމަޟާން މަހު ކުޑަ ކޮށްފައެވެ. ރަމަޟާން މަހުގެ އިނާޔަތް ކުޑަކުރުމުން އެއާޕޯޓްސް ކޮމްޕެނީ ފަދަ ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
ކުންފުނިތަކުގެ މުއައްޒަފުންނަށް މިހާރު މި އެމް ޑީޕީ މީހުން މިވަގުންގެ ސަރުކާރުއެގޭނެ ދެންކުރަން އޮތްކަމަކީއަވަހަށްބިރުކަޑާލާ އަހަރެމެންނާއެކު ނުކުމޭ
ރައްޔިތުންނަށް ހައްތަހާވެސް އުދަގޫ ލިބެން އޮންނަ ބޯނަސްކޮޅަށްވެސް އުދަގޫ ކުރިމަތި ކުރުވަނީ ސާބަހޭ ޖަޒީރާ ރާއްޖެ މުޅިގައުމު ފުޑާލާއިފި
ރައްޔިތުމީހާގެ ޖީބު ފައިސާއަޅާ ބަރުކޮށްދޭން ވީ ވަޢުދުގެމަތިން ހަނދާން ނެތުނުލެއް ހާދަ އަވަހެވެ. މިދާގޮތަށް ދަންޏާ އެސްޓީއޯއިން ގެންނަ ކާޑުކޮޅަށްވެސް ރައްޔިތުމީހާ ޓެކްސްދައްކަންޖެހޭނެހެން ވަރަށް އެބަ ހީވެއެވެ. އަހަރީ ޓެކްސް ނުދޭމީހާޔަށް ކާޑުގެބާވަތްތައް ނުވިއްކަން ނިންމާނޭހެންވެސް ވަރަށް އެބަ ހީވެއެވެ. ބޯގަޅިން ލައިގެން ހިންގަން ޤަވްމު ދޫކޮށްލުމުން ވާނޭހާ ގޮތެއް އެބަ ވަމުން ދެއެވެ. ދައުލަތަށްއާމުދަނީއެއް ހޯދޭނޭ ކަމެއް ކުރަން ނޭގެންޏާ ރައްޔިތން ފަޅައިގެންނާ ސަލާންޖަހައިގެން އެއްޗެއް ލިބޭތޯ އެތައްމިތަނަށް ދުއްވާ ނަމުގައި ޤަވްމުގެ ޚަޒާނަ ލޫޓުވަނީއެވެ. ޤަވްމު އެކީ އެކައްޗަކަށް ހަނާވަމުންދާއިރުވެސް ދިވެހިންގެ ވިސްނުން އަޅެފަހެ ބަދަލުކުރާކަށް ނުވޭހެއްޔެވެ؟
އެމީހަކު ފޭހުނު އިލޮށި އެމީހެއްގެ ލޮލަށްހެރޭނެކަމަށް ބުނާބަހުގެ ތެދުކަން މިދަނީ ހާމަވަމުން.
ޖަޒީރާ ރާއްޖެއަކު ބޯނަހެއް ނޯންނާނެ އޮންނަަނީ މަހުއެއްޗެތިކޮޅު ދެން ލަލަލާ
ތިޔާ ޓްރީޓީ ގައި މިވަގުތަށް ސޮއި ކުރަން މަޑު ޖައްސާލުމަށް ފަހު ތިޔާއީ ރާއްޖޭގެ މިނިވަން ކަން ވިއްކާލަން ވެގެން މަވޯޓާ މެންނަށް ވާނުވާ ނޭގި ތިބެ ކުރާ ކަމަކަށްވާތީވެ ތިޔާ ޓްރީޓީ ގައި ސޮއި ކުރަން ފެނޭތޯ ނޫންތޯ ބެލުމަށް ޓަކައި އެބަޖެހޭ ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކުން އެކަން ނިންމަން އެއިރުން ދެން ނޯންނާނެއޭ އެކަކު ވެސް ބުނާނެ އެއްޗެއް ތިޔާގައި އެމްޑީޕީ އަކު ނުތިބޭނެއޭ ދުރުވިސްނޭ މެމްބަރުންނެއް އެއީ މަމެންނަށް ޔަގީންވެ ކަށަވަރު ކަމެކޭ އިނގޭތޭ
އޭ މިހިރަފެންނަ އިބޫޞާލިޙެވެ. ތަރައްޤީގެ ރޮގުންނާ އިޤްތިޞާދީ ރޮގުން ހެސްކިޔާފަ ކުރިއަރަމުން ދިޔަ މި ލޮބުވެތި ޤަވްމު ތިބާގެ އޮއްޓަރެއްނެތް ސިޔާސަތުގެސަބަބުން އިނދަޖެހެމުންދާތަން ބަލާކަށް ހިމޭނަކުން ނުތިބެވޭނެއެވެ.
އެމްޑި÷ި ސަރުކާރު ގެންނަން އުޅުނީ ލައްކަ މޮޅެއް ވާނެ ކަމަށް. އެންމެ ފަހުން ކަލޭމެންނަށް ޖެހޭނީ އިންޑިއާގެ މީހުން ތި ތަނަށް ވެރީންނަށް އައިމާ އެ މީހުންނަށް ގުލާނުކޮށްދޭން. އަލިފާން ކެވިފަ ތިބޭނީ މިހާރު.
ހުރިހައި ވަގުންތައް ވެގެން ކުންފުނިތަކަށް ލިބޭ ފައިދާ ކައިލާން ތައްޔާރުވެއްޖެ!
ދުވަހަކުވެސް އެއްވެސް ކުންފުންޔަކުން ތިބުނާ ބޯނަސްއެއް ބެހިތަ.