ހދ.ހަނިމާދޫ އާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ ހަނިމާދުއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް ކުރަން މޯލްޑިވިއަންއިން މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށެވެ.
"ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ ޝެޑިއުލް އިޢުލާން ކުރެވޭނެ. ކޮޗިންއަށް ސީދާ ދަތުރުތަކެއް މޯލްޑިވިއަން އިން މި ކުރަނީ ބޭސްފަރުވާއަށް ދާ މީހުންނަށާއި އިންޑިޔާގެ ފަތުރުވެރިންނަށް ރާއްޖެއައުމުގެ ފަސޭހަ ފުރުޞަތުތަކެއް ހޯދައިދޭން." މޯލްޑިވިއަންގެ ޕީއާރް މެނޭޖަރ މޫސާ ވަސީމް މިއަދު ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް އަވަސް މުސްތަޤްބަލެއްގައި ދަތުރުފަށަންވެސް މޯލްޑިވިއަންއިން ތައްޔާރުވަމުންދާ ކަމަށެވެ.
މިގޮތުން އިންޑިޔާގެ އިތުރު ސިޓީތަކަށާއި ސްރީލަންކާގެ ކޮލަމްބޯއަށްވެސް ދަތުރުފަށަން މޯލްޑިވިއަން އިން ދަނީ ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށް ވަނީ ވެފައެވެ. ރާއްޖެ އިން އިންޑިއާ އަށް ކުރާ ފްލައިޓް ދަތުރުތައް އިތުރުވެއްޖެނަމަ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތްތަނުގައި އަދި އެތައް ގުނައެއް އިތުރުވެގެން ދާނެއެވެ.
ތައްޔާރުވަމުން ދަނީ.....ލަފާކޮށްލެވޭ ތާރީހެއްވެސް ބުނެލަންޖެހޭ......މިއައަރު? އަންނައަހަރު؟
މޯލްޑިވިއަން ދަތުރުތައް މި ޢީދު ބަންދުތެރޭ އަތޮޅުތަކަށް ކުރެވޭތޯ ބަލަންވީނު!! 2019 އޮގަސް 4 އިން ފެށިގެން 2019 އޮގަސްޓް 17 އާ ހަމަޔަށް މިދޭތެރޭގެ ދުވަހެއްގައި އަތޮޅުތެރޭ އެއްވެސް މަންޒިލަކަށް ދަތުރުކުރަން ޓިކެޓެއް ނުލިބޭ މިހާރަކު!! ހުރިހާ އެޖެންޓުންވެސް ބުނަމުންދަނީ ފްލައިޓްތައް ފުލްކަމަށް!! ޖާގައެއް ނެތްކަމަށް!! އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަކަށްވެސް ދަތުރުވެރިން ނުދެވިގެން ހަމަ ކޮޅުކޮޅު މައްޗަށް ދުވަނީ!! މި ދެ ސެކްޓަރއަށް ފްލައިޓް އިތުރުކުރަންވީނު!! ނުވަތަ ބޮޑު ފްލައިޓެއްގެ ދަތުރެއް އަޅަންވީނު! އޭރުން އެތަނުން ބޮޑު ފްލައިޓްއަށް މީހުން ޗޭންޖު ކުރެވުނީމާ ބާކީ ކުރެވޭ ކުޑަ ފްލައިޓް ފުވައްމުލަކަށް އެޅޭނެ!! ކޮންމެވެސް ގޮތެއް ހަދަންޖެހޭ!! ބަންދެއް ދިމާވެއްޖިއްޔާ މީ ޙާލަކީ!!
ސާބަހޭ، އަހަރުމެންގެ ސަރުކާރުން ކުރަން ނިންމާފަ ހުރި ހުރިހާ ކަމެއްކޮއްފަ މެޑެލި ޖަޙާލާތި،
ޢިންޑިއާ މީހުން ނަކީ ރެސޯޓް ތަކުގެ ކޮޓަރިތައް މުޑުދާރުކުރާ ފަކުރު ބައެއް