މިއަދު ފާހަގަކުރަމުންމިދާ އަޟްހާ އީދު ދުވަހާއި ގުޅުވައިގެން ފްލައިމީން މިއަދު ފަސެންޖަރުންނަށް ދިން ސަޕްރައިޒަކީ އީދު ހަދިޔާތަކެވެ. މިއަދު ކްރޫން ހެދުން އަޅައިގެންވެސް ތިބީ ތަފާތު ކޮަށެވެ.

އީދު ހަދިޔާތަކާއެކު މިއަދު ފްލައިމީގެ ފަސެންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔުނުއިރު، ކްރޫން ތިބީ ދިވެހި ވަންތައް ގޮތަށް ހެދުން އަޅައިގެންނެވެ.

ބައެއް ފިރިހެން ކްރޫން ތިބީ ފޭލި އަނދެގެން ހުދު ގަމީހެއް ލައިގެންނެވެ. އަންހެން ކްރޫން ތިބީ ދިވެހި ވަންތަ ދިގު ހެދުމުގައި އާއި، ދިވެހި ލިބާހުގައެވެ.

އީދާއި ގުުޅުވައިގެން ފްލައިމީގެ ޓީމުން ދަތުުރުވެރިންނަށް ދޭން މި އުޅެނީ ކޮން ކަހަލަ ސަޕްރައިޒެއްތޯ އިއްޔެ ގިނަބަޔަކު ސުވާލު އުފެއްދިއެވެ. އޭގެ ޖަވާބު މިއަދު ފްލައިމީން ދަތުރުކުރި ފަސެންޖަރުންނަށް ލިބިގެން ދިޔައެވެ.

އީދު ހަދިޔާއެއްގެ ގޮތުގައި ކޮންމެ ފަސެންޖަރަކަށް ފްލައިމީން ދެމުން ގެންދަނީ ކުކީއެކެވެ.

މި އީދާއި ދިމާކޮށް ފްލައިމީގެ ހުރިހާ ފްލައިޓުތައް ވަނީ ފުލްވެފައެވެ.

މީގެ ހަތް އަހަރު ކުރިން ހިދުމަތަށް ނުކުތް ފްލައިމީން މިހާރު ދަތުރުކުރަމުން ދަނީ ދަރަވަންދޫ އަށާއި، މާމިގިއްޔަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޮންކަލޯ

    އޯ މައި ގޯޑް..... ތިވަރުގެ ސަޕްރައިޒެއް ދުވަހަކު ނުވެސް ދެކެން އަދި އަޑުވެސް ނާހަން.. ދެންވެސް ތިޔަކަހަލަ ސަޕްރައިޒް ނުދެއްޗޭ... ސޯ ސަޕްރައިޒްޑް..

    16
    1
  2. ތުނިޔަ

    ކުކީއޭ؟؟، މަހަމަ އަންތަރީސްވެއްޖެ..ތިހާ ވަރުގަދަ ސަޕްރައިޒް ދޭކަށްނުވާނެނު!

    12
    2
  3. ނިކަމެތިމީހާ

    ފުލައިމީ އިން ވެއްޖެ ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް އެއަރޕޯޓްތަކަށް ދަތުރު ފަށަން ! މަންތާ އެއާއިން ވެސް ހަމަރައްޔިތުން އަތުން ފޭރެނީ މާވަރަކަށް ! މިކަން ނިމުމަކަށް ގެންނަންޖެހޭ!