ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު ސާވިސް ޗާޖްގެ ގޮތުގައި އެންމެ ކުޑަ އަދަދެއް ދީފައިވަނީ 21 ޑޮލަރު، ދިން ހޮނޑާފުށި އައިލެންޑް ރިސޯޓުންކަމަށް ރާއްޖޭގެ ސާވިސް ޗާޖްގެ މައުލޫމާތު އާއްމު ކުރާ މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުގައި ބުނެފިއެވެ.

އެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ އޮގަސްޓް މަހު އެ ރިސޯޓުން ސާވިސްގެ ޗާޖްގެ ގޮތުގައި 21 ޑޮލަރު (323.82 ރުފިޔާ) ދީފައިވާއިރު، މިހާތަނަށް އަޕްޑޭޓްވެފައިވާ ވަރަށް ބަލާއިރު، އެ ލިސްޓުގެ އެންމެ ފުލުގައި އޮތީ އެ ރިސޯޓެވެ.

ހދ. އަތޮޅުގައި އޮންނަ ހޮނޑާފުށި ރިސޯޓަކީ ތްރީއޭ ކުންފުނިން ހިންގަމުން އަންނަ ރިސޯޓެކެވެ. ތްރީއޭ ކުންފުންޏަކީ ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިހާރުގެ މިނިސްޓަރ އަލީ ޝިޔާމްގެ ހިއްސާ އޮންނަ އެބޭފުޅުންގެ އާއިލާ ކުންފުންޏެކެވެ.

ސާވިސް ޗާޖް ލިސްޓުގެ އެންމެ ފުލުން ދެވަނަގައި އޮތީ އީކުއޭޓަރ ވިލޭޖްއެވެ. އެ ތަނުން ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަަކަށް 95 ޑޮލަރު ދީފައިވާކަމަށް ބުނެފައި ވެއެވެ. އެ ލިސްޓުން އެންމެ ފަހަތުން ތިން ވަނާގައި ފާރުފުށި މޯލްޑިވްސް ރިސޯޓް ހިމެނޭއިރު، އެ ރިސޯޓުން ދީފައި ވަނީ 195 ޑޮލަރެވެ.

ލިސްޓުގައި މިހާރު އެންްމެ ފުލުގައިވާ ފަސް ރިސޯޓް

1 ހޮނޑާފުށި، 21 ޑޮލަރު
2 އީކުއޭޓަރ ވިލޭޖް 95
3 ފާރުފުށި މޯލްޑިވްސް 195 ޑޮލަރު
4 ގިލި ލަންކަންފުށި 210 ޑޮލަރު
5 ދަ ކްރޮސްރޯޑް އެޓް މޯލްޑިވްސް 300 އަދި ދަ ރެޒިޑެންސް މޯލްޑިވްސް ދިގުރަށް 300 ޑޮލަރު

މި ވެބްސައިޓުގައި ހިމެނޭނީ މުވައްޒަފުން މި ވެބްސައިޓަށް ދީފައި ހުރި މައުލޫމާތެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ވެސް ސާވިސް ޗާޖުގެ ގޮތުގައި ފައިސާ މުވައްޒަފުންނަށް ދޭން ޖެހެއެވެ. ނަމަވެސް ގިނަ ރިސޯޓްތަކުން ޤަވައިދުން މުވައްޒަފުން ސާވިސް ޗާޖެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސެން

    ސާރވިސް ޗާރޖު ކީއްކުރަން އިތުރުގަޑީގަ މަސައްކަތް ކުރުވާފަ މުސާރަވެސް ނުދޭ. ޔުނިވަރސަލް ރިސޯޓް ކަނދޮޅުން އަޅުގަނޑުމެން މަސައްކަށް ކޮށްފަިވާ ގަޑި ތަކުގެ ފައިސާނުލިބުނީ ކީއްވެތޯ ހައުސްކީޕަރ ކާރިން އަހާލީމަބުނީ ތިމަންނަ އަށް ބަވާފަ ރިސޯޓް މެނޭޖަރ ހުރިމީހުން މަސަައްކަށް ކޮށްފައިވާ އިތުރު ގަަޑި އެއްކޮށް ކަނޑާލަނީއޭ،ތިމަންނަ ކީއްހޭކުރާނީ، ކޮންބައެއް ދިވެހިންނަށް އެހީތެރިވާނީ.

    7
    1
  2. ހުސެން

    ކޮންތާކު އެއްކޮށްދެނީ !!!! މިއުޅެނީ އޯވާރޓައިމް ލާރިކޮޅުވެސް ނުދީގެން!!

    14
    1
  3. މާކަނާ ކަލޯ

    ކޮބާ ސޭޭޭޭޭޭޭޭޭޭޓްގެ މި ރިސޯޓްތަަައް މިހާރަކަށް
    އައިސް 200 ޑޮލަރު ހަމަނުވޭ.

  4. ޔޔ!

    ފޭރެނީ، ގެސްޓުންއަތުންވެސް!

  5. me ava

    Thi list ge enme fuluga reethi faru resort ves onnan janey, 300 usd hama nuvey. Ithuru gadyge laari eh nudhey

  6. ކާކު

    މީދުއްޕަރު ސަރވިސް ޗާރޖް 119 ޑޮލަރު