ރަށް ރަށަށް ފޮނުވާ ކާޑުގެ ބާވަތްތަކާއި، ގޭސް އަދި ފެން ފަދަ ތަކެތި މާލޭގެ ނޯތް ހާބަރާއި މާލޭގެ ޓީ ޖެޓީ ސަރަހައްދުތަކުގައި ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސާފައިވާކަަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ބައެއް ވިޔަފާރިވެރިންގެ އެދުމުގެ މަތިން މާލޭގެ ނޯތް ހާބަރާއި މާލޭގެ ޓީ ޖެޓީ ސަރަހައްދުތަކުގައި ރަށްރަށަށް ފޮނުވާ މުދާ ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމް މިހާރު ހަަމަޖެހިފައިވާނޭ ކަމަށެވެ.

"މާލެ އާއި ދުރުރަށްރަށަށްވެސް ހަޑޫ، ހަކުރު، ފުށް، ގޭސް ފެން ފަދަ ތަކެތި މާލެ އާ ކައިރި ރަށްރަށް މިގެންދަނީ މެންދުރު ފަހު 3:30 ގައި. ދެން އަޅުގަނޑުމެންނަށް އައި ރިކުއެސްޓްތައް އެގަޑިއަށް މުދާތައް އެރުވޭނެ ނިޒާމް ހަމަޖައްސައިދޭން. އަޅުގަނޑުމެން އެސްޓީއޯ އާއި އެމްޕީއެލްއާ ވާހަކަދައްކައިގެން މާލޭގެ ނޯތް ހާބަރާއި މާލޭގެ ޓީ ޖެޓީ ސަރަހައްދުތަކުގައި މިދެންނެވި ބާވަތުގެ މުދާ ޖަމާކޮށްފައި ބެހެއްޓޭނެ ނިޒާމް މިވަނީ ހަމައްސައިދީފައި". މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅިވީ، މާލެ އިން ބަންދުކޮށްފައި ހުންނަ ފެން ލިބުމަށް ދަތިތަކެއް އަންނަކަމަށް ވާހަކަދެކުވޭ ކަމަށެވެ. ނަމަވެސް" އަޅުގަނޑުމެން ޔަގީންކަން އަރުވަން ފެން ޑެލިވަރ ކުރުމުގައި ދައްޖެއް ނާންނާނެކަން. އަދި އަޅުގަނޑުމެން ފެން ސަޕްލައި ކުރާ ފަރާތްތަކާއި ވާހަކަދައްކައިގެން އެއްވެސް މައްސަލައެއް އުޅޭނަމަ އެ މައްސަލަ ހައްލުވެސް ކުރާނަން". މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    ރާއްޖޭތެރެއަށް ގެންނަ ބިއްލޫރި،ލަކުޑި،ފަރުނީޗަރު. ދަގަޑު،ސިމިންތި ފަދަ އެއްޗެހި ގެންނަޖެހޭ. މިމުދާތައް ބެހެއްޓޭނެގޮތް ހައްދަވާ ދެއްވުމަށް އެދެން. 2018 އަންނަނީ....