ޖީއެސްޓީގެ ގޮތުގައި ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 162,325ރ (އެއް ލައްކަ ފަސްދޮޅަސް ދެ ހާސް ތިން ސަތޭކަ ފަންސަވީސް ރުފިޔާ) ދެއްކުމަށް އެ ކުންފުންޏަށް އަންގާފައެވެ.

މި ފައިސާ ދައްކަން އެ ކުންފުންޏަށް ދީފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކެވެ.