ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިއު އެޑިޝަނުން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ތައްޔާރުވެއްޖެއެވެ.

ޓީޗަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓީޗަރުންނަށް ހަދިޔާ ދިނުމަކީ ދަރިވަރުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން ޓީޗަރުންނަށް ހަދިޔާ ދިނުމަށް، ނިއު އެޑިޝަނުން މާދަމާ ފަށާ ހާއްސަ ޕްރޮމޯޝަންގެ ދަށުން، ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް 500 ރުފިޔާގެ ވައުޗާއެއް ލިބޭނެއެވެ. މި ވައުޗާ ގަންނަ ފަރާތްތަކަށް ނޯޓް ބްރޭންޑުގެ ފޭސް ޓު ފޭސް ކިޓެއްގެ އިތުރުން ނޯޓުގެ ގިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އެކެއް އޮކްޓޯބަރުގެ ނިޔަލަށެވެ.

ނިއު އެޑިޝަނުން ބުނީ، ދަރިވަރުންގެ ފަރާތުން ޓިޗަރުންނަށް ދޭ މި ވައުޗާތަކުގައި ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ލިޔެފައިވާ މެސެޖްތައް ހުންނާނެ ކަމަށެވެ.

ޓީޗަރުންނަށް ހާއްސަކޮށްފައިވާ ވައުޗާތަކުގެ އިތުރުން ފިހާރަ އިން ލިބެން ހުންނަ ތަކެތިން ވެސް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށް ނިއު އެޑިޝަނުން ބުންޏެވެ. އެގޮތުން ނީނާ ބްރޭންޑުގެ ފައިވާން 195 ރުފިޔާ ލިބޭނެއެވެ. މި ފައިވާން އާންމުކޮށް ލިބެން ހުންނާނީ 295 ރުފިޔާ އަށެވެ.

ނިއު އެޑިޝަންގެ މިފަހަރުގެ ޕްރޮމޯޝަނުގައި ވައުޗާތަކަށް ވެސް ޑިސްކައުންޓް ދޭނެއެވެ.

ނިއު އެޑިޝަންއަކީ ދެ ޖިންސުގެ މީހުންނާއި ގުޅޭ ތަފާތު އެކި ސާމާނު ވިއްކަމުން އަންނަ މަޝްހޫރު ފިހާރައެކެވެ. މީގެ ތެރޭގައި ރީތިވާ ސާމާނާއި، މޭކަޕް ސާމާނުގެ އިތުރުން، ދެ ޖިންސަށް ހާއްސަ ސެންޓާއި ފައިވާންވެސް އެ ފިހާރައިން ވިއްކައެވެ.

ނިއު އެޑިޝަނުން ކޮންމެ އަހަރެއްގެ ޓީޗަރުންގެ ދުވަހާއި ގުޅިގެން މިފަދަ ތަފާތު ޕްރޮމޯޝަންތައް ބާއްވަައެވެ.