"ޢޫދު އަލް ސަބާޔާ" އަކީ އަބަދުވެސް ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑް، "އޫދު އަލް ސަބާޔާ"އަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިއުމުގެ ސިއްރަކީވެސް އެއީއެވެ. މިއަދަކީ އަނެއްކާވެސް އޫދު އަލް ސަބާޔާގެ ކަސްޓަމަރުންނަށް އުފާވެރި ހަބަރެއް ލިބިގެންދާނެ ދުވަހެކެވެ. "އޫދު އަލް ސަބާޔާ"އިން މިވަނީ އެންމެ މަޤުބޫލު ކަސްޓަމަރުންނަށް "ލޯޔަލްޓީ" ކާޑު ތަޢާރަފް ކުރަން ނިންމާފައެވެ.

"އޫދު އަލް ސަބާޔާ"ގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ޝަބީން ވިދާޅުވީ، އަލަށް ތަޢާރަފް ކުރަން ނިންމާފައިވަނީ ގޯލްޑް އަދި ސިލްވަރ ލޯޔަލްޓީ ކާޑު ކަމުގައެވެ.

"އަޅުގަނޑުމެން މި ފަހަރު މި ތަޢާރަފް ކުރަނީ ގޯލްޑް އަދި ސިލްވަރ ލޯޔަލްޓީ ކާޑު. މި ކާޑުތައް ލިބޭނީ އޫދު އަލް ސަބާޔާގެ ރެގިއުލާ ކަސްޓަމަރުންނަށް. އެގޮތުން އަޅުގަނޑުމެން ވާނީ 30 ކަސްޓަމަރުންނަށް ސިލްވަރ ކާޑު އަދި 20 ކަސްޓަމަރުންނަށް ގޯލްޑް ކާޑު ދޭ ގޮތަށް. އެއީ ސިލްވާ ކާޑު ލިބޭ ކަސްޓަމަރުންނަށް 5 އިންސައްތަ ޑިސްކައުންޓް، އަދި ގޯލްޑް ކާޑު ލިބޭ ފަރާތްތަކަށް 10 އިންސައްތަ ޑިސްކައުންޓް" ޝަބީން ވިދާޅުވިއެވެ.

މި ކާޑު ތައަރަތް ކުރަން ނިންމާފައި ވަނީ މާދަމާ ރޭ 20:00 ގައެވެ.

މީގެ އިތުރުން ޝަބީން ވިދާޅުވީ، ލޯޔަލްޓީ ކާޑުތައް ތައާރަފް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކަސްޓަމަރުން އުފާކޮށްދީ، ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރުން ކަމަށެވެ. އަދި "އޫދު އަލް ސަބާޔާ"ގެ އެންމެ ބޮޑު ރައުސުއްމާލަކީ އެމީހުންގެ ކަސްޓަމަރުން ކަމުގައި ޝަބީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި "ލޯޔަލްޓީ" ކާޑު ދެނީ މަދު ފިހާރައެއްގައެވެ. ނަމަވެސް ދުނިޔޭގެ ތަހުޒީބުވެފައިވާ ޤައުމުތަކުގެ ކުންފުނިތަކުން، އެމީހުންގެ ކަސްޓަމަރުން ހިތްހަމަ ޖެއްސުމަށް އާންމު ގޮތެއްގައި "ލޯޔަލްޓީ ކާޑު" ދެއެވެ.

އޮންލައިން ޕޭޖަކުން ފެށި "އޫދު އަލް ސަބާޔާ" އަކީ މިއަދު ދިވެހިންގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބްރޭންޑެެކެވެ. ދިވެހިންގެ ފުރަތަމަ އަތަރު ބްރޭންޑްގެ އިތުރުން "އޫދު އަލް ސަބާޔާ" އަކީ ދިވެހިންގެ ފުރަތަމަ އަތަރު ޕާފިއުމް އަދި އަތަރު ލޯޝަންގެ އިތުރުން އަތަރު އެއަރފްރެޝަނަރ ބްރޭންޑްވެސް މެއެވެ.

"އޫދު އަލް ސަބާޔާ" ގެ އުންމީދަކީ މުސްތަގުބަލުގައި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ އަތަރު ބްރޭންޑަކަށް ހަދައި ދުނިޔޭގެ ކޮންމެ ހިސާބަކުން "އޫދު އަލް ސަބާޔާގެ" ޕްރޮޑަކްޓްތަށް ގަނެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގުގައެވެ. މި ބްރޭންޑްގެ ފިހާރައެއް އައްޑޫގައި ވެސް ހިންގަމުންދެއެވެ. އަދި އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ރީޓެއިލްކޮށް ހުޅުމާލެ ޝަރޫ މާޓުން ލިބެން ހުންނާނެއެވެ. އޫދް އަލް ސަބާޔާއާ ގުޅޭނެ ފޯން ނަމްބަރަކީ 9495757 އެވެ.