ހުޅުމާލޭގައި “އަކުވާ ޝޯ“ ގެ ނަމުގައި އިމާރާތްކުރަމުންދާ އެޕާޓްމެންޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެޕާޓްމެންޓްތައް ހުޅުވައިފައި ވަނީ ހުޅުމާލޭ ޕްލޮޓް އެސް1-2 ގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެޕާރޓްމަންޓް ތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަކުއާ ވިޓާގެ މެނޭޖިން ޑިރެކްޓަރ ޕްރަސާން ލީގްނޭ ވިދާޅުވީ އެކުންފުނިން އިމާރާތްކުރަމުން ދާ އެޕާޓްމެންޓު ތަކަކީ ދިރިއުޅެން ހިތްގައިމު ލަގްޒަރީ އެޕާޓްމެންޓު ތަކެއް ކަމަށެވެ. އަދި އެ އެޕާޓްމެންޓު ތަކުގައި ބޭނުން ކޮށްފައި ވަނީ އެންމެ ޒަމާނީ ފެންވަރުގެ ފަރުނީޗަރާއި، އެހެނިހެން ތަކެތި ކަންވެސް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި އެ އިމާރާތްތައް ބިނާކުރަމުްދާ ސަރަހައްދުގެ ސަބަބުންވެސް އެތަނުގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެޕާޓްމެންޓުތައް ގަންނަ ފަރާތްތަކަށް، އެތަނަކީ ހުރިހާ ގޮތަކުންވެސް ހިތަގައިމު ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެރަސްމިއްޔާތުގައި އޭނާ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެތަން ގަތުމަށް ނިންމާފައިވާ ފަރާތްތަކުން އިންވެސްޓު ކުރަމުން ދަނީ އެތައް މަސައްކަތަކުން ހޯދައިފައިވާ ފައިސާ ނުވަތަ މުޅި އުމުރު ދުވަހު ރައްކާކުރެވުނު ފައިސާކަން ގަބޫލު ކުރައްވާ ކަމަށާއި، އަދި އެއަގުބޮޑު ފައިސާއާއި އެއް ފެންވަރުގެ އެޕާޓްމެންޓްތަކެއް ދެވޭތޯ އަބަދުވެސް މަސައްކަތް ކޮށްފައި ވާނޭ ކަމަށެވެ. އަދި އެ އެޕާޓްމެންޓުތަކަށް ކުރާ އިންވެސްޓުމެންޓަތަކަކީ ތާކުންތާކު ނުޖެހޭ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކުއާ ވިޓާ ރެސިޑެންސީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އާކިޓެކްޗަރ ފިލީޕް ވިދާޅުވެފައި ވަނީ ހެޔޮ އަގެއްގައި ބޭނުންވާ ފެންވަރުގެ އެޕާޓްމެންޓެއްގައި ދިރިއުޅުމަށް ބޭނުންވާ ފަރާތްތަކަށް އަކުއާ ވިޓާގެ އެޕާޓްމެންޓުތައް ހިޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ އެތަނުގައިި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެން ތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓު ކަމަށާއި، އަދި ބޮޑު ސިޓިން ރޫމެއްގެ އިތުރުން ގުދަނެއްވެސް އެތަނުގައި ހިމެނޭނެ ކަމަށް އޭނާ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެތަނުގައ ޕޫލް އަކާއި ކުޑަކުދިންނަށް ހާއްސަ ކުޅެވޭޭނެ ސަރަހއްދެއްވެސް ގާއިމް ކޮށްފައި ވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަކުއާ ވިޓާގެ އެޕާޓްމެންޓު ތަކުގެ އެންމެ ކުޑަ އަގަކީވެސް 200،000 އެމެރިކާ ޑޮލަރެވެ. މިހާރުވެސް ބައެއް ފާރަތްތަކުން އެޕާޓްމެންޓުތަކަށް އިންވެސްޓު ކޮށްފައިވާ ކަމަށާއި އެކުންފުނީގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު އެތަން ގަތުމަށް ރަޖިސްޓްރީ ކުރުން ކަމަށް އަކުއާ ވިޓާ އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިކް

    ހިޅުވީއޭ؟؟ އަދި 14 ފުލޯއިމް 7 ފުލޯގެ ޝީޓް އެޅުނީ.. 3 ކޮޓަރި 4.3 މިލިޔަނަށް.. ރޯ ހައިސްއަކަށްވުރެއް އަގުބޮޑު..

    2
    1
  2. ނާނު

    ކޮ ބާ ފޮޓޯ ވީޑިއޯ