ޓެކްސްއަށް ކެނޑުމަށް ފަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އޭގެ ކުރިީ އަހަރު ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ބޭންކަށް ލިބިގައި ވަނީ 1.023 ބިލިއަން ރުފިޔާއެވެ.
ބީއެމްއެލްގެ 2017 ވަނަ އަހަރުގެ ބޭންކްގެ އަހަރީ ރިޕޯޓްގައި ބުނެފައިވާގޮތުގައި، ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 1.416 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު %4 އިތުރު އަދަދެއްކަމަށާއި، އަދި އެއްމިންގަނޑަކުން ކުރީ އަހަރާ އަޅާބަލާއިރު %20 ގެ ކުރިއެރުމެއްކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކަށް ލިބުނު ފައިދާއެކު، ބޯޑުން ނިންމާފައިވާގޮތަށް 2017 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 22 ރުފިޔާގެ މަގުން ބެހުމަށް ޖުމްލަ 4.118 މިލިއަން ހުށަހަޅާފައިވާކަމަށެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.
އެ ބޭންކުން ބުނީ، ޚަރަދުތައް އިތުރުވެ މާޖިންތައް ދަށްވި ނަމަވެސް ދޫކުރެވުނު ލޯނުގެ މިންވަރާއި ވިޔަފާރިކުރެވުނު މިންވަރު ރަނގަޅުވުމުގެ ސަބަބުން އިތުރުވި ޚަރަދާއި ދަށްވި މާޖިންތަކުގެ އަސަރު ކުޑަކުރެވިފައިވާކަމަށެވެ.
ބީއެމްއެލް އިން މިދިޔަ އަހަރުވެސް 'އަހަރެންގެ ބޭންކް' ޕްރޮގްރާމްތައް ހިންގިއެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ތަފާތު 50 ޕްރޮޖެކްޓަކަށްވަނީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 3 ބްރާންޗާއި 14 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށްފައެވެ. އޭޓީއެމްއެއް ނެތް ރަށްތަކުގައި ބޭންކިންގ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުންގެ ޚިދުމަތް އިތުރު ރަށްތަކަކަށް ފުޅާކޮށް، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 191 އިން 230 އަށް އިތުރުކޮށްފައެވެ.
ބޭންކުން ހޯދި މާލީ ނަތީޖާ އަށް އަލިއަޅުއްވާލަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވަނީ ބޭންކުގެ ޑިޕޮސިޓް އިތުރުވެ، ދޫކުރެވުނު ލޯނުގެ ނިސްބަތް ރަނގަޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.
އެބޮތުން ޑިޕޮސިޓްތައް %15 އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ މާކެޓަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި، އަލަށް ދޫކުރެވުނު 4.4 ބިލިއަން ރުފިޔާގެ ލޯނުތަކުން އެތަކެއް ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް އެންޑްރޫ ވިދާޅުވިއެވެ.
"ވަކިން ޚާއްސަކޮށް ދޫކޮށްފައިވާ ލޯނު ފެންވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބި، އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް މިވަނީ %7 އިން %1.4 އަށް ދަށްކުރެވިފަ. މީގެ ތިން އަހަރު ކުރިން އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ހުރީ %20 އަށްވުރެ މަތީގައިކަން ފާހަގަކުރަން." އެންޑްރޫ ވިދާޅުވިއެވެ.
އެންޑްރޫ ވިދާޅުވީ، ބޭންކުގެ މާލީ ހާލަތު ހަރުދަނާވުމަކީ ދިވެހި މުޖުތަމައުއަށް ކުރަމުންދާ އިންވެސްޓްމަންޓް ކުރިއަށް
ގެންދިޔުމަށް އިތުރަށް މަގުފަހިވެގެން ދިޔަކަމެއް ކަމަށެވެ.
"މިދިޔަ އަހަރު ބޭންކުގެ އަމާޒަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ބޮޑު އިތުބާރެއްލިބިފަ. މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުންކުރަމުންދާ އިންވެސްޓްމަންޓް. މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން". ވިދާޅުވިއެވެ.
ރިބާ. ހުސް ރިބާ. ރައްޔިތުންގެ ފައިސާ ނަގައިގެން ރައްޔިތުންނަށް ރިބާ ކާންދޭ ބައެއް ތީ.
ރިބާ ލާރި ނަގާފަ ކިހިނެއްތޯ ސާފު ވާނީ؟
މިއީ ރައްޔިތުން ފެލައިގެން ހޯދާ ފައިދާ
ގައުމުގެ އިގްތިސާދީ ދުވެލި ބޭންކު ފައިދާއިން އެކަނިވެސް އެގޭނެ. 2008 ގަ ގައުމާ ހަވާލުވި މީހުނަށް ނުހިންގިގެން 2012 ގަ ވިއްކާލަން ބަޖެޓް ކުރި ބޭންކް 2013 ންފެށިގެން ގައުމު މިވަނީ ކޮޅަށް ޖަހަންފަށާ 2016/2017 ގަ ބޭން މިވަނީ އެންމެ އުހަށް ނެގިފާ .ދެން ފެނިގެންދާނީ ބޭރުގައުމެއް ދިވެހި ބޭންކްގެ ބްރާންޗް ހުޅުވިގެން ދިއުމުގެ ހުވަފެން ހަގީގަތަކަށް ވެގެންދާތަން. އެއީ އިންޑިޔާ ނުވަތަ ލަންކާ ނުވަތަ ބަންގަލާދޭސް ވުން ވަރަށް މުހިންމު.
1 ބިލިއަން ކުޑައޭ. އިންޓަރެސް ރޭޓް %12 ގަ ބަހައްޓައިގެން ތި ފެލެނީ ރައްޔަތުންގެ ލޭ. ގޭގެ ހަދާ މީހުން ބޮޑު އަގުގަ ކުލި ނަގަން ޖުހެނީ މިހާ ބޮޑު އިންޓަރެސް ރޭޓެއް ނަގާތީ. ޢެއްވެސް ސަރުކާރަކައް މި ކުޑަ ކޮއްލަން ނުކެރުނޭ.
ރައްޔިތުން ފެލަނީ