ޔޫރަޕް ބައްރުގެ މޮޅު ކޮލެޓީގެ މުދާ ހެޔޮއަގެއްގައި ފޯރުކޮށްދެމުން އަންނަ އެޗްއެސްސީގެ ފަރާތުން، ހުޅުމާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވިހާ ކޮންމެ ކުއްޖަކަށް ޓެނޭރާ ބްރޭންޑްގެ ނެޕީ ޕެކެއް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެޗްއެސްސީން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން އެޗްއެސްސީން ނިންމާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ވިހާ ކޮންމެ ކަނބަލަކަށް ނިއުބޯން ޑައިޕާސް ޕެކެއް ހަދިޔާކުރުމަށް ކަަމަށެވެ.

"މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ އަލަށް މައިންނަށްވެ، މި މުޙިންމު ދަތުރަށް ކުރިމަތިލާ ފަރާތްތަކަށް މަރުޚަބާ ކިޔުމުގެ ގޮތުން ހަދިޔާއެއް ދިނުން". އެޗްެއެސްސީން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އާއި އެޗްއެސްއީ ދެމެދު މިއަދު ވި އެއްބަސް ވުމެއްގަ ސޮއި ކުރުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އެޗްއެސްސީން ބުނިގޮތުގައި، މިއީ ރާއްޖެއަށް އާ ކޮންސެޕްޓެއް ކަމަށްވާއިރު، އެ ކުންފުނިން އުއްމީދު ކުރަނީ ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކަށްވެސް މި ކޮންސެޕްޓް ތައާރަފް ކުރުމެވެ.

އެޗްއެސްސީން އެތެރެކޮށް ވިއްކަމުން އަންނަ ޓެނޭރާ ޑައިޕަރސްއަކީ ތުރުކީގައި ވަރަށް މަޝްހޫރު ބްރޭންޑެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އާއި އެޗްއެސްއީ ދެމެދު މިއަދު ވި އެއްބަސް ވުމެއްގަ ސޮއި ކުރުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ބްރޭންޑްގެ ޑައިޕަރސްގައި ހިމެނޭ ހާއްސަ ފަށަލައެއްގެ ސަބަބުން ވަރަށް ގިނައިރުވަންދެން ފެން ހިފަހައްޓާދޭނެއެވެ. މީގެ ސަބަބުން ޓެނޭރާ ޑައިޕަރސް ގިނަ ވަގުތު ބޭނުން ކުރެވޭއިރު، ފެން ލީކުނުވެ ގިނައިރު ހިފަހައްޓައިދޭނެއެވެ.

މިއީ ކުޑަކުދިންނަށް ފަސޭހަވެފައި، އެ ކުދިންނަށް ވަރަށް އަރާމު ކަމެއް އިހުސާސު ކުރެވޭނެ ލުއި ޑައިޕަރސްއެކެވެ. އަދި ބޭނުން ވަރަކަށް ބާރުކޮށްލެވޭއިރު، ބޭނުންވެއްޖެނަމަ އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް ބާރުކޮށް ދޫކޮށް ހެދޭނެއެވެ.