(ނ. މާފަރު) 12 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު، މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓުގެ ރަސްމީ ދަތުރުތައް މިރޭ ފެށުމަށް މޯލްޑިވިއަނުން ތައްޔާރު ވެއްޖެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު ހަވީރު މާފަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، އެ ޚިދުމަތް ފައްޓަވައިދެއްވީ، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އެމްޑީ، މުޙައްމަދު ރިޒްވީގެ އިތުރުން އެ ކުންފުނީގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އަބޫދާބީ ފަންޑުގެ އެހީގައި މާފަރުގައި ތަރައްޤީ ކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ. ޓެސްޓު ފްލައިޓު އޭރު ޖެއްސި ނަމަވެސް ރަންވޭ ފިޔަވައި އެއާޕޯޓުގައި ހުންނަން ޖެހޭ ވަސީލަތްތައް ޤާއިމު ކޮށްފައެއް ނުވެ އެވެ. އަދި ޕްރޮޖެކްޓުގައި ހިމަނާފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މާފަރު އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެ ރަންވޭއަކީ އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ. އެންމެ ފުރަތަމަ މި އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ދިވެހި ކުންފުންޏެއް ކަމަށްވާ، ނޫނު ހޮޓެލްސް ނަމަކަށް ކިޔާ ކުންފުންޏަކާއި އެވެ. 2007 ވަނަ އަހަރު ހަވާލުކުރި މި އެއާރޕޯޓުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްނުދާތީ، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައި މާފަރު ރައްޔިތުންނާއި، މުޅި ނ. އަތޮޅުގެ ރައްޔިތުން ވަނީ މެދުނުކެނޑި 28 ދުވަސް ވަންދެން އިޙްތިޖާޖު ކޮށްފައެވެ.

މާފަރު ރައްޔިތުން އިސްވެ ކުރި، މި އިޙްތިޖާޖާއި ގުޅިގެން، އޭރު އެކްޓިން ޓްރާސްޕޯޓު މިނިސްޓަރަކަށް ހުންނެވި، މުޙައްމަދު ނާޒިމު ވަނީ މާފަރު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް، ކޯސްޓް ލައިން އާއި އެކު ހަދާފައިވާ އެއްބަސްވުން ބާޠިލް ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ކަމާއި ގުޅޭ ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން އޭރު ވެރިއަކަށް ހުންނެވި ރައީސް ވަހީދުގެ ސަމާލުކަމަށް މިކަން ގެނެވުނެވެ. އޭގެ ފަހުން މާފަރު އެއާރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި، އޭރު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި، އަޙުމަދު އަދީބުގެ ބޮޑުބޭބެ، ގަލްފް، އިސްމާޢިލް ހާމިދު ހިންގަވާ، މިލޭނިއަމް ކުންފުންޏާއެވެ.

ނަމަވެސް، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗުގައި ދިން ހަމަލާގެ ތަހުޤީޤަށް މެލޭޝިއާ އިން ހައްޔަރުކުރި ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ރާއްޖެ އަށް ގެނެސް ހައްޔަރު ކުރުމާއި ގުޅިގެން އެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. އޭގެ ފަހުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ސަން ޓްރެވެލް އާއި އެވެ. ނަމަވެސް މާގިނަ ދުވަސް ތަކެއް ނުވެ، ސަންޓްރެވެލް އަތުން މާފަރު އެއާރޕޯޓުގެ މަސައްކަތް ނަގައި، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާއެވެ. މި އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާފައިވަނީ ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުނީގެ ފަރާތުންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ އެއާޕޯޓެކެވެ.

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓު މިއަދު ހުޅުވާފައިވާއިރު، އަބޫދާބީ ފަންޑުގެ އެދުމުގެ މަތިން އިތުރު 1000 މީޓަރު ރަންވޭއަށް އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއި އެކު 380 މަރުކާގެ ބޯޓު ފަހަރު މާފަރު އެއާރޕޯޓަށް ޖެއްސޭނެއެވެ. އަދި ހަމައެއާއި އެކު، މާފަރު އެއާރޕޯޓު ވެގެން ދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާއި ގަން އިންޓަނޭޝަނަލް އެއާރޕޯޓަށްފަހު ރާއްޖޭގައި އޮތް ތިން ވަނައަށް އެންމެ ބޮޑު އެއާރޕޯޓަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަލް ނޫރު

  ޝުކުރިއްޔާ ރައީސް ޔާމީން....

  108
  8
 2. ޒާ

  ގުނބޯ ސަރުކާރުން ރިބަން ކަންޑަނީ. ޝުކުރިއްޔާ ރައީސް ޔާމީން.

  36
  5
 3. އަހުންބެ

  ޝުކުރިއްޔާ އިއްޒަތްތެރި ގައުމުގެ ތަރަށްގީގެ ބާނީ ރައީސްޔާމީން މަރުހަބާ ރައީސްޔާމީން ތިވަރުގެ ވެރިޔެއް ދުވަހަކުވެސް މިގައުމު ދެނެއް ނުދެކޭނެ މަނިިކުފާނު ޖަލުގައި އޮތަސް އަޅުގަނޑުމެން މިތިބީ މަނިކުފާނުގެ ފަހަތުގައި ޝުކުރުން ފުރިފައި މިތިބީ މިރަށުގެ ރައްޔަތުން.

  36
  3
 4. ވީޕީއެން

  ޝުކުރިއްޔާ ރައީސް ޔާމީން

  34
  5
 5. މާމިގިލީ މީހާ

  ސުކުރިއްޔާ ރައީސް ސޯލިހުއާ ރައީސް ނަސީދުއަށް.

  8
  41
  • Anonymous

   ހެހެހެހެ

 6. ސުވޭސް

  ދެރައީސް ކޮބާ ވަގުތު މީހު ނަކަށް ނޭންގޭތަ ދެ ރައީސް ވީތަ ނެއް

  17
  • Anonymous

   މަސާޖުޕާލާގެ

 7. ބޭބެ

  މަރްހަބާ މާފަރު ރައްޔިތުން

  6
  12
 8. ދިވެހިމީހާ

  ޝުކުރިއްޔާ ރައީސް ޔާމީން.

  38
  2
 9. ފުނަދޫ

  ތިފެއްނަނީ ރައީސް ޔާމިނުގެ ތަރައްގީ ތިކަންކަން ނ އަތޮޅުރައްޔިތުން ހިތަކުން ނުފިލާނެ ސުކުރިއްޔާ ރައީސް ޔާމިނު މާﷲ އިރާދަފުޅާއި މިންވަރުފުޅުން ރައީސްޔާމިނު މިނިވަންކުރައްވާށި އާމީން

  36
  2
 10. މާލޭ

  މަށައް ފެއްނަނީ އަލުން ތާރުގަނޑު ނަގާފަ އަލުން އަޅަން އޭރުން ކިނބޫ އެޅި އެެއަރޕޯޓަކައްވާނީ ތިއައްވުރެން ރަނގަޅުވާނެ ދިޔާކުން ރީފަ ދަނޑިންތެޅިއްޔާ ލަދުހަޔާތްކުޑަ ކަން

  28
  3
 11. ގލ

  ހުރިހާ ތައުރީފެއް ހުރީ ރ ޔާމީނަށެވެ މަކަރުވެރި ސަރުކާރަކަށް ނޫނެވެ ގުނޑާއިންނަކަށް ނޫނެވެ.

  31
  1
 12. Anonymous

  ރ.ޔާމީން ވެރިކަމުގައި ހުންނެވި ނަމަ މިއަދަކުނޫން ދަތުރުތައް ފަށާނީ . ކީއްކުރާނީ. ޤައުމު ތަރައްޤީ ކުރީމަ މަލުފޮނިބޯން.

  28
  1
 13. މޫސުންބަހާރު

  މޫނު އަތޮޅުގެ އެންމެހާ ރައްޔިތުންގެ ފަރާތުން ރ. ޔާމީނަށް ޝުކުރިއްޔާ. އެއާރޕޯޓް އެޅިމީހަކަށް ދެންވެސް އެޅޭނީ. އެއްބުރިޖްވެސް އެޅިމީހަކަށް ދެންވެސް ބުރިޖްއެޅޭނެ ކަމަށް ޤަބޫލު ކުރެެވޭނީ .ތަރައްޤީ ޔަޤީން ރައީސެއް ރ ޔާމީނަކީ.

  17
 14. Anonymous

  މާފަރު އެއަރޕޯޓް ހުޅުވުން މިހާތަނަށް ފަސްކުރީ، މިއެއަރޕޯޓަކީ މިސަރުކާރުން ކުރި މަސައްކަތެއްކަން ރައްޔިތުންނަށް ދެއްކުމުގެ ބޭނުމުގައެވެ. މިވެރިން ދެކެނީ ދިވެހި ރައްޔިތުންނަކީ މިހާވެސް ގަމާރު ވާނުވާ ނޭގޭ ބައެއްކަމަށެވެ. ކޮމެންޓް ތަކަށް ބެލުމުން ލައްކަ އަސަރެއް ކުރާނެތާއެވެ. ކިތަންމެ ފިއްތިއަސް ހައްގު ޝުކުރު އެހައްގުވާ ބޭފުޅަކަށް ލިބޭނެކަން ހަމަ ޖައްބާރު ކަމުން ނޭގެނީތާއެވެ. ޝުކުރިއްޔާ ރައީސް ޔާމީން. މަނިކުފާނަކީ ޢައްސާނު ބު

  16
 15. ހާއުފާ

  ނުކެރުނޭ އެއްރައީސަށް ވެސް އަލަށް ދަތުރު ފަށާތީ ޝަރަފްވެރި ކޮށްލަން ދާން .ބޭރަށް ފުރާވީއްލާލީ ރާވާފައި. ރައްޔިތުނަށް ޙަޤީޤަތްތައް އެނގޭތީ ކާކުކަން އެއަރޕޯޓް އެޅީ. ދިޔަނަމަ ކުރެޑިޓް ނަގަށް. ނޫނު އަތޮޅު ރައްޔިތުންގެ ފަރާތުން ރ. ޔާމީނަށް ޝުކުރިއްޔާ

 16. އައިސް

  ރައީސްޔާމީނަށް ޝުކުރާވެދުމުންހިތް ފުރާލާގެނުވިތަރަށްޤީހަ ދުމަކޮއްލާލިބުނުމިފުރު ސަތުގާކިޔާލާރައީސް ޔާމީން ދިވެހިމިޤައުމުގެ ރަށްޔަތުންނާ އިސްލާމް ދީނައްޓަކާ ރޭގަނޑެ ދުވާލެތްނުބަލާ ހޫނާ ވިއްސާރައިން ތެމި ފޯވެގެން ދުޝްމަނުން ގެވަކިތަކު ތެރޭގައި ދެމެމުން މިފަސްގަނޑު ދިރިއުޅޭއެން މެހާ ރަށްޔަތުނައް ޓަކާވި ޤުރުބާނީ ބަޔަކުބަލައި ނުގަތަސް ﷲއެކަން ދެކެދެނެވޮޑިގެންވެއެވެ. ރައީސްޔާމީންއަށް ހިތްވަރާއި ކެތްތެރި ކަންދެތްވާށި އާމީން