ދިވެހިރާއްޖޭގައި ހިންގަމުންދާ އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހުށަހަޅައިި، މިދިޔަ މަހުގެ 27 ވަނަ ދުވަހު ފާސްކުރި އިސްލާހުގައި ބުނާ ގޮތުން އެ ވިޔަފާރި ކުރަން "އިލެކްްޓްރޯނިކް ޒަރީޢާ" ގެ ގޮތުގައި، މެގްނެޓިކް، އޮޕްޓިކަލް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ނޫނީ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް ކުރެވޭ މުޢާމަލާތްތައްވެސް ކުރަން ޖެހޭނީ ރަޖިސްޓްރީ ކޮށްގެންނެވެ.

ވިޔަފާރި ރަޖިސްޓްރީ ޤާނޫނަށް ގެނެވުނު ބައެއް އެހެން އިސްލާހު ތަކަށް ބަލާއިރު، ވިޔަފާރިތަކަށް ނުދެވޭނެ ނަންތަކާއި ނަންތައް ބޭނުން ކުރުމުގެ ހަމަތައް ކަނޑައެޅުމުގެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ހަދަންޖެހޭ ގޮތަށް ހިމެނުމާއި، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލައި، އެ ވިޔަފާރިތަކުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތް ހެދުމާއި، އެކަމަށް ޚާއްސަ ފީއެއް ނެގުމުގެ ބާރު ރަޖިސްޓްރާއަށް ލިބިދޭ ގޮތަށް ހިމެނިފައިވުން ފާހަގަކޮށްލެވެއެވެ.

ބޭރުގެ ޤައުމުތަކުގައި ވެސް މިހާރު ކުރިއަރަމުންދާ އޮންލައިން ވިޔަފާރިއަށް ދިވެހިންވެސް މިހާރު ވަނީ ވަންނަން ފަށާފައެވެ. މިގޮތުން، ތަފާތު އެކި ވެބްސައިޓުތައް ބޭނުންކޮށްގެންނާއި، ސައިޓުތައް އަމިއްލައަށް ހަދައިގެން މުދާ ގަނެ، ވިއްކާ ދިވެހިން މަދެއް ނޫނެވެ. އޮންލައިން ވިޔަފާރިތައް ކުރިއަރައިގެން ދާއިރު، އެ ވިޔަފާރިތައްވެސް ޤާނޫނީ ގޮތުން ރަޖިސްޓްރީ ކޮށްގެން ހިންގަން މަޖުބޫރުވާ ގޮތަށް ފާސްކޮށްފައިވާ ޤާނޫނަށް ޢަމަލް ކުރާނީ މިއަދުން ފެށިގެން 30 ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޒިޔާއު

    ބަލަ މޮޔަޔާ. މީގެ ކުރިންވެސް އޮންލައިންކޮށް ވިޔަފާރިކުރުމަކީ މަނަކަމެއް. ޢަލައްވީކަމެއްނޫން މިއީ. ރައީސް ޔާމިން ސަރުކާރުގަ 2014 ވަނަ އަހަރު ފާސްކުރި ވިޔަފާރި ރަޖިސްޓްރި ކުރުމުގެ ޤާނޫނުގަ ވަރަށް ސާފުކޮށް ބުނެފަ އޮންނާނެ "އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރަންވާނީ ޓްރޭޑް މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެން ކަމަށް." އަދި ހަމަ އެޤާނޫނުގަ ބުނެފަ އޮންނާނެ ރަޖިސްޓްރީނުކޮށް އާންމުދަނީ ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައްވެސް. ބަޔަކަށް ވާނުވާނޭންގެނީ

    29
    5
  2. ޒިޔާއު ވާދޫ

    13 މެއި 2014 ވީ އަންގާރަ ދުވަހު ގެޒެޓުގަ ޝާއިއުކޮށްފައޮތް "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު" ގެ 4 ވަނަ ނަންބަރުގަ ވަރަށް ސާފުކޮށް ބުނެފައޮންނާނެ "ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިކުރަންވާނީ ރަޖިސްޓްރީ ކޮއްގެން ކަމަށް" އަދި އެޤާނޫނުގެ 9ވަނަ ނަންބަރު އިސްތިސްނާވާކަންކަން ފާހަގަ ކޮށްފަވާއިރު އޭގެތެރޭގަ އޮންލައިން ވިޔަފާރި އިސްތިސްނާއެއްނުވޭ ބަޔަކަށް އޮޅިގެން އުޅުނަސް މީގެ ކުރިންވެސް ރަޖިސްޓްރީ ނުކޮށް އޮންލައިން ވިޔަފާރިކުރުމަކީ ކުށެް

    24
    4
  3. މަންނު

    ދެން މަގޭ އެޕް ބީ ޕޭޖޯ؟؟؟

    19
    1
  4. ށާރިފް

    އަހަރެން ވެބުސައިޓް ހުރީ ބޭރުގަ މެލޭގަ...ދިވެހިން ވިޔަފާރި ކުރޭ އޭގަ....މީރާ އިން އާދެބަލަ...މެލޭއަށް

    20
    1
    • ޒިޔާޕު

      ވެބްސައިޓް މެލޭގަ ހުއްޓަސް، ވިޔަފާރި މުދާހުރީ ރާއްޖެގ ކަމުގަ ވަންޏާ މީރާއިން ތިބުނާތާކަށް ދާނެ

      18
      2
  5. Anonymous

    ދެން ޖަނގިޔަާ ލާންވީމަ ވެސް ރަޖިސްކުރޭ

    22
    3
  6. ބަލާއެއް

    ކަލޭމެން ފުރަތަމަ ބަންގާޅިން ބޭރުކުރާ ޑޮލަރުތައް ހުއްޓުވަބަލަދޯ
    އަމިއްލަ ހޮޓެލްސް ހިންގަނީ ރޫމްތައް އޮޕަރޭޓްކުރަނީ
    ބޯކޮށާދެނީ 30ރުފިޔާއަށް ކަޅުކޮއްދެނީ 80 ރުފިޔާއަށް
    މިހެން ކިޔާނެކަމެއްނެތް. ޅަކުދިން ކުލިދައްކާލާނެ ލާރި ނެތިގެން އަލީއެކްޕްރެހުން ގެނެސް 5 ރުފިޔާ އެޑްކޮށްލައިގެން އަނގޮޓިއެއް ވިއްކާއިރަށް މިސަރުކާރުންވޭދޯ ޓެކެން

    27
    1
    • އިބިލީސް

      ވަރަށް ރަގަޅު ވާހަކައެއް. މިއުޅޭ ވިޔަފާރިވެރިންތަށް ކުލި ދައްކައިގެން ބޮޑެތި ދަރަނިތަށް ބޮލުގަ އަޅައިގެން އުޅޭ ނިކަމެތި ރައްޔިތުން ފެލާ ނަގަނީ. 500% ޕްރޮފިޓް ލައިގެން ވިއްކާ ރައްޔިތުންގެ ލޭބޮނީ. ދެން ޒުވާން ކުދިންކޮޅެއް އޮންލައިން ވިޔަފާރިއެއް ފަށާ އެއްޗެހީގެ އަގު ހެޔޮކުރީމަ މިމީހުންގެ ސޭލްސް ދައްވާތީ މިއުޅެނީ. ސަރުކާރަށް މިގޮވާލަނީ މިކަމަށް ހައްލެއް ހޯދަން އަދިވެސް އެމީހުންތަ ރައްކާތެރިކުރަންވީ. ޒުވާން ވިޔަފާރި ވެރިން އުފައްދަނީ ބޮޑެތި ލޯނު ބޮލުގަ އަޅުވައިގެންތަ؟؟؟ އެއީތަ ކުދި މެދު ފަންތީގެ ވިޔަފާރިވެރިން އުފައްދާ ގޮތަކީ؟؟؟؟؟

  7. ާއަފްލާ

    އަހަރެމެން އނބިފިރިކަން ކޮއްފަވެސް އަދި މި ޖައްބާރު ނަޝީދާ އިބޫއައް ޓެކްސް ދައްކާނަން

    29
    1
  8. ބާރީ

    ތީ މާބޮޑު ކަމެއްނޫން ... 21 ދުވަހުން ހަންދާން ނުހުންނާނެ... ހަމަ ކުރަންވީ ވިޔަފާރި....ގާނޫނު ނެތިގެންތަ މިއުޅެނީ...

    29
  9. މާމިގިލީ މީހާ

    ރައްޔިތު މީހާ ފެލައިގެން ވެރިކަން ތިޔަ ހިންގަނީ. ބަންގާޅީން ރާއްޖޭގައި ކުރާ ވިޔަފާރިތައް ހުއްޓުވާ ބަލަ.

  10. ޢަބްދުއްލަޠީފު

    ގަމާރުންތަކާ، މަޖިލީހަށް ވަދެވުނީމަ ވާނުވާނޭގިގެން ތެޅޭނެ ކަމެއްނެތް. އޮންލައިންކޮށް ވިއްކަނީ މުދާ އެތެރެ ކޮށްގެނެއްނޫން. ވާނުވާދަސްކޮށްގެން ގާނޫނު ހަދާބަލަ.

  11. އަކްމެޑް

    އޮންލައިންކޮށް ވިޔަފާރިއެއް ނުކުރޭ ގިނަ މީހުން. ލިސްޓްކުރަނީ އެކި ތަންތަނުގަ. ގަނެވިއްކުން ހިނގަނީ އަތުން އަތައް

  12. ސަދީ

    މިބައިގަނޑު ރައްޔިތުން ފެލައިގެން މިސަރުކާރު ހިންގަނީ ހަފްތާއަކު ސްޓިކަރ ޖަހަ ހައިގެން މިލިއަނެއް..

  13. ޒާ

    ސަރުކާރު ކިހާ ހެޔޮފުޅުތޯ؟ މީ އެބުނާ ކުދި ވިޔަފާރި ތައް ހިންގުމަށާއި ވިޔަފާރި ފަށަން ދޭ ހިތްވަރާއި ލުއި ފަސޭހަތަކުގެ ތެރެއިން ކޮށްދިން ހެޔޮކަމެއް. ވެހިކަލްގައި މިހާރު ސްޓިކާވެސް ނުޖަހާ ނޫންތޯ؟ މިކަހަލަ އެތައް ވަޢުދެއް އަދިވެސް ފުއްދަވައި ދެއްވާނެ.