ސްކޫލް ބަންދުގެ ބޮޑު ޗުއްޓީ އާއި ގުޅިގެން ނިއު އެޑިޝަންގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޗުއްޓީ ދުވަސްކޮޅާ ދިމާކޮށް ނިއު އެޑިޝަންގެ ފަރާތުން އެ ފިހާރައިގެ ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދެއެވެ. މިފަހަރުގެ ޕްރޮމޯޝަނަކީ ރީތި ބޫޓު އަދި ފައިވާން ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. މިފަހަރު ނިއު އެޑިޝަންގެ ފަރާތުން ކުރިއަށް ދަނީ 'ބައި 1، ގެޓް 1 ފްރީ' ގެ ނަމުގައި ހިންގާ ވަރަށް ޚާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުނަށް ނިއު އެޑިޝަނުން 'ނީ އެންޑް ނާ' ބްރޭންޑުގެ ފައިވާނެއް ނުވަތަ ބޫޓެއް ގަތުމުން، ކަސްޓަމަރުންނަށް އެ ބްރޭންޑުގެ އެހެން ބޫޓެއް ނުވަތަ ފައިވާނެއް،މުޅިން ހިލޭ ލިބިގެންދާނެއެވެ. ނީ އެންޑް ނާ ބްރޭންޑަކީ ދުނިޔޭގައި ވަރަށް މަޤުބޫލު ބްރޭންޑެކެވެ. ނީ އެންޑް ނާ ގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރއަކީ ނިއު އެޑިޝަންއެވެ.

އެގޮތުން މިފަހަރުގެ ޕްރޮމޯޝަނާއި ގުޅުވައިގެން ނިއު އެޑިޝަން އިން ވަނީ ނީ އެންޑް ނާ ގެ ބައިވަރު، ރީތި ތަފާތު ޑިޒައިން ހިމެނޭ ކަލެކްޝަންތައް ރާއްޖެއަށް ގެނެސްފައެވެ. ނީ އެންޑް ނާ ބްރޭންޑުގެ ފައިވާނެއްގެ އަގަކީ 295 ރުފިޔާ އެވެ. މި ބްރޭންޑުގެ ފައިވާން ނުވަތަ ބޫޓެއް ގަންނަ ފަރާތްތަކަށް އެ ފަރާތުން ބޭނުންވާ ހަމަ އެ ބްރޭންޑުގެ އެހެން ފައިވާނެއް / ބޫޓެއް ޙިޔާރު ކޮށްގެން ނެގުމުގެ ފުރުސަތު މިއޮތީ ތަނަވަސް ވެފައެވެ.

ބްރޭންޑެޑް ފައިވާނެއް ނުވަތަ ބޫޓެއް ގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލަސްނުކޮށް ދާންވީ ނިއު އެޑިޝަނަށެވެ. މިއީ މާލޭގައި މިދުވަސްކޮޅާ ގުޅިގެން އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮމޯޝަނަށް ވާނެއެވެ. ނިއު އެޑިޝަންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނިއު އެޑިޝަން އަކީ ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް، ނޯޓް ކޮސްމެޓިކްސް ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. އަދި މީގެ އިތުރުން މަޝްހޫރު ބޮޑީ ސްޕްރޭ ބްރޭންޑްތައް ކަމަށްވާ މެޖިކް އަދި ލިލީޑޯ ހޯލްސޭލްކޮށް އަދި ރީޓެއިލް ކޮށް ވިއްކަމުންދާ ފަރާތްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. ނިއު އެޑިޝަން އިން ދަނީ އާ އަހަރާއި ދިމާކޮށް އިތުރު ޕްރޮމޯޝަންތަކެއް ތަޢާރަފް ކުރުމަށް ތައްޔާރުވަމުންނެވެ..

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރިޝް

    ވާއު! އައި ލަވް ނިއުއެޑިޝަން

    2
    1
  2. އައިޝ

    ޝުކުރިއްޔާ!! އޮން ދަ ވޭ ނައު

    2
    1
  3. ރީމް

    އަހަރެންނަށް ދެވޭއިރު ހުރިހާ ރީތި ބޫޓެއް ވިކިފަ ހުންނާނީ ޔަގީން، މާދަމާ ހުޅުވާގަޑިއަށް ދާނަން

  4. ހަމް

    ކުރިންވެސް ޕްރޮމޯޝަންގަ ގަތިން، ވަރަށް ސަޅިތަނެއް ތީ

  5. ދދދ

    ކޮންތާކު ހުންނަނީ ތިފިހާރަ؟