ކޮކާ ކޯލާ އަކީ މުޅި ދުނިޔެ އެ ބުއިމެއް ބަލައިގެންފައިވާ އެންމެނާވެސް ގުޅޭ މީރު ބުއިމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެގައުމެއްގެ ރަހަތަކާއި ގުޅުވައިގެން ބުއިންތައް އުފައްދަމުން އަންނަ ކޮކާ ކޯލާ މުޅި ދުނިޔެ ބަަލައިގެންފައި ވަނީ ލޯތްބާއި އެކުއެވެ. މިއަދަކީ ރާއްޖޭގެ ކޮކާކޯލާ ގޮފިން އިތުރު ހަރުފަތަކަށް ދިއުމަށްޓަކާ މަސައްކަތް ފެށި ދުވަހެވެ.

އެގޮތުން މިހާރު ހަމަ އެކަނި ސްޕްރައިޓް އަދި ކޯކްގެ ގޮތުގައި މިހާތަނަށް ރާއްޖޭގެ މާކެޓުގައި ވިއްކަމުން އައި ކޯކު މީގެ ދުވަސްކޮޅެއް ފަހުން މާލޭގެ ކެފޭތަކުން ލިބިގެންދާނީ މޮކްޓެއިލްތަކުގެ ގޮތުގައެވެ. އަދި އެ މޮކްޓެއިލްތަކަކީ 100 އިންސައްތަ އަލްކަހޯލް ފްރީ މޮކްޓެއިލްތަކެއް ކަމަށާއި، މި އުފެއްދުންތައް ތައާރަފް ކުރުމަށް ތައްޔާރުވީ ދިވެހިންގެ ރަހަތަކަށް ވިސްނައިގެން ކަމަށް އެކުންފުނިން ވަނީ މައުލޫމާތު ދީފައެވެ.

މިއަދު ސޯލްޓް ކެފޭގައި ކޮކާ ކޯލާއިން ކުރިއަށް ގެންގޮސްފައި ވަނީ ކެފޭ ރެސްޓޯރެންޓްތަކުގެ ބުއިންތައް ތައްޔާރު ކުރާ ފަރާތްތަކަށް، އެކުންފުނިން ތައާރަފް ކުރާ މޮކްޓެއިލްތަކުގެ ރެސިޕީ އަންގައިދިނުމުގެ ވޯކްޝޮޕެކެވެ. އެ ވޯކްޝޮޕުގައިި ވަނީ 10 ކެފޭ/ރެސްޓޯރެންޓަކުން ބައިވެރިވެފައެވެ.

 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮކާ ކޯލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ މި ހުރިހާ ބުއިންތަކަކީވެސް ކޮކާ ކޯލާ ފަދައިން ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ބުއިންތަކެއް ކަމަށް އުމްމީދު ކުރައްވާ ކަމަށެެވެ. އަދި މި މޮކްޓެއިލްތަކަށް މިސާލު ޖައްސަވައި އޭނަ ވިދާޅުވީ މީހެއްގެ ހުންނަ ހަގީގީ ސިފަވެސް ފެންނަނީ ގިނަ ބަޔަކާއި އެކުވުމުން ކަމަށާއި ކޮކާ ކޯލާ އަކީވެސް އެފަދަ އެއްޗެއް ކަމަށެވެ.

"މި ބުއިންތަކުގެ މިސާލު ހިނގާ އަހަރުމެންގެ ދިރިއުޅުމުން ނަގަމާ. އަހަރެންގެ އަނބި މީހާ އަށާއި، ދަރިންނަށް އަދި އެހެނިހެން ގާތްތިމާގެ މީހުންނަށްވެސް އަހަރެން ފެންނަނީ ހަމަ އާދައިގެ އެހެން މީހުންފަދަ މީހެއްގެ ގޮތުގައި އެހެން ނަމަވެސް، އެ ތަފާތު އެބަވޭ އިތުރު ބައެއްގެ ތެރެއަށް ވަދެ މިކްސް ވުމުން. ގިނަ ފަހަރަށް ގިނަ މީހުންނާއި އެއްވެގެން އަހަރެން ފެންނަ ނަމަ ފެންނާނީ، އަދި އެއަށްވުރެ ކްރިއޭޓިވް، މަޖާ، އެހެން މިޒާޖެއްގެ މީހެއް" އޭނާ ވިދާޅުވިއެވެ.

މިއަދު ކޮކާ ކޯލާއިން ތައާރަފް ކުރި ތަފާތު މޮކްޓެއިލްތަކުގެ ތެރޭގައި، ސްޕައިސީ ޗޮކްލެޓް ކޯލާ، ކެރެބިއަން ސަންސެޓް މޮކްޓެއިލް، ސްޕްރައިޓް ޕޮމަގްރެނޭޓް، ސްޕްރައިޓް އޮރެންޖް ބަބްލީ، ލޯންގް އައިލެންޑް އައިސް ޓީ، މެލަން މިންޓް ކޫލަރ، ކްލެއާވޮއިއޭންސް، ޔުނިކޯން ލެމަނޭޑް، ސޯލްޓެޑް ކެރެމަލް ކޯކްގެ އިތުރުން ބެންޑްރާ ދި މެކްސިކޯ ސްޕްރައިޓް ޕުންޗް ހިމެނެއެވެ.

އަދު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތަށްފަހު، އެ ވޯކްޝޮޕުގެ ބައިވެރިންނާ ވަނީ ހަނދާނީ ލިއުން ހަވާލުކޮށްފައެވެ. އެ ކުރު ވޯކްޝޮޕުގައި ރެސިޕީތައް ކިޔައިދީފައި ވަނީ ލަންކާއިން އެކަމަށް ހާއްސަކޮށް ވަޑައިގެން ހުންނެވި ބޭފުޅެކެވެ.