ދެކުނު ހުޅަނގު އޭޝިއާ ސަރަހައްދު(އެސްޑަބްލިއުއޭ)ގައި ހިންގާ ފްރެންޗައިސް އޮޕަރޭޝަންގެ ނައިބު ރައީސްގެ މަގާމަށް އަޖޭ ވިޖޭ ބަތިޖާ އައްޔަންކޮށްފައިވާކަން ކޮކާ-ކޯލާ އިންޑިއާއިން އިއުލާނުކޮށްފިއެވެ.

ކޮކާ-ކޯލާ ކުންފުނީގައި ގާތްގަނޑަކަށް 24 އަހަރު ހޭދަކުރައްވާފައި އަޖޭ ވަނީ މާކެޓިން އާއި ފްރެންޗައިޒްގެ ތަޖުރިބާ ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި ތަޖުރިބާ ހޯއްދަވާފައެވެ.

މިގޮތުން އަޖޭ ވަނީ 1999 ވަނަ އަހަރު ހިންދުސްތާން ކޮކާ-ކޯލާ ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑް (އެޗްސީސީބީޕީއެލް)ގެ ފްރޮންޓް ލައިން ސޭލްސް ޓީމާއެކު މަސައްކަތް ފަށައި އެ ކުންފުނީގެ އެކި މަގާމުތަކުން ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދީފައެވެ. އޭނާ އަކީ 2005 ވަނަ އަހަރު ސަބްކޯ ވިއެޓްނާމްގެ މެކޮންގް ޑެލްޓާ ރީޖަންގެ ރީޖަން މެނޭޖަރެވެ. މި މުހިންމު ރޯލުގައި އޭނާ އިސްކޮށް ހުންނަވައިގެން ސޭލްސް އޮޕަރޭޝަންސް ފުޅާކުރައްވައި ކޮކާ-ކޯލާގެ އުފެއްދުންތައް ވިއްކާ މިންވަރު އިތުރުކުރައްވާފައެވެ.

އޭނާ އެނބުރި އިންޑިއާއަށް ވަޑައިގަތީ ޑައިރެކްޓާ މާކެޓިން ފޯ ކޯލާސްގެ މަގާމަށެވެ. އެއާ އެކު އޭނާ ވަނީ، މަންޒަރު ބަދަލުކޮށްލި "ޝެއާ އަ ކޯކް" ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

ކޮކާކޯލާއިން ބުނީ އޭނާ އިންޑިއާ އަދި ހުޅަނގު ދެކުނު އޭޝިއާ (އައިއެންއެސްޑަބްލިއުއޭ) ސަރަހައްދުގައި ފުރަތަމަ ފަހަރަށް ކޮކާ-ކޯލާ ޒީރޯ ތައާރަފު ކުުރައްވާފައިވާ ކަމަށެވެ. އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިންތައް މެދުވެރިކޮށް، 'ތަމްސްއަޕް' ބްރޭންޑް އަލުންދިރުވައި އާލާކުރުމުގެ މަސައްކަތުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށްވެސް ކޮކާކޯލާ އިން ބުނެފައި ވެއެވެ.

މީގެ އިތުރުން 2018 އިން 2020 އަށް ބަންގްލަދޭޝްގެ ކަންޓްރީ މެނޭޖަރުގެ ހައިސިއްޔަތުން އަޖޭ ވަނީ ބޮޓްލިން ޕާޓްނަރުންނާ ގުޅިގެން، ދުނިޔޭގެ ފެންވަރުގައި ދަ ކޮކާ-ކޯލާ ކޮމްޕެނީ (ޓީސީސީސީ)ގައި ހިމެނޭ އެންމެ ބޮޑު ތިން މާކެޓުގެ ތެރޭގައި ބަންގްލަދޭޝް ހިމަނުއްވާފައެވެ. 2020 ވަނަ އަހަރު ސީނިއާ ޑައިރެކްޓަރު - ފްރޮންޓް ލައިން މާކެޓިންއަށް ބަދަލުވެ، ސިޔާސަތުތައް އެއްގޮތްކޮށް، ވިޔަފާރި އާއި މާކެޓިންގެ ފަހި ގޮތްތައް ތަންފީޒުކުރުމަށް މަގުފަހިކޮށްދީ، އެ ކުންފުނީގެ އެންމެ މަޝްހޫރު މިއުޒިކަލް ފްރެންޗައިޒް ކަމަށްވާ "ކޯކް ސްޓޫޑިއޯ" ބަންގްލަދޭޝްގައި ކާމިޔާބުކަމާއެކު އިފްތިތާހްކުރެއްވި ކަމަށްވެސް ކޮކާކޯލާއިން ބުނެފައި ވެއެވެ.

އޭނާ އިސްނަންގަވައިގެން ގެނެސްދިން "އިޒް ކުކިން" ކޯކް، ހާއްސަކޮށް "ކަލްކަތާ އިޒް ކުކިން"، ޕްލެޓްފޯމްގެ ސަބަބުން ކޮކާ-ކޯލާ ބްރޭންޑަށް އާންމުންގެ މެދުގައި އޮތް ލޯތްބާއި ކަސްޓަމަރުންނާ ދެމެދު އޮތް ގުޅުމަށް އިތުރު ކުރިއެރުމެއް ލިބުނުކަންވެސް ފާހަގަކޮށްފައި ވެއެވެ.

އިންޑިއާގެ އިތުރުން، ހުޅަނގު ދެކުނު އޭޝިއާ ސަރަހައްދަށް ކޮކާ-ކޯލާ އިން ކަނޑައަޅާފައި ހުންނަވާ ރައީސް ސަންކޭތު ރޭ ވިދާޅުވީ، ވިޔަފާރީގެ ވިސްނުމާ އަދި ކުރިއެރުމުގެ ވިސްނުމާ އެކު، އަޖޭ އަކީ ވިޔަފާރި އާ އުސްމިންތަކަކަށް ގެންދިއުމުގެ ރެކޯޑް އޮތް ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ، އޭނާގެ ވިޔަފާރީގެ ހުނަރުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމާ އެކު، ހުޅަނގު ދެކުނު އޭޝިއާ ސަރަހައްދުގައި އަޅުގަނޑުމެންގެ މަގްސަދު އިތުރަށް ފުޅާވެގެން ދާނެ ކަމަށް."

އަޖޭ ވަނީ މުމްބާއީގެ އެންއެމްއައިއެމްއެސް އިން މާސްޓާސް އިން މާކެޓިން މެނޭޖްމަންޓް ފުރިހަމަކުރައްވާފަ އެވެ. އޭނާ ވަނީ އެޗްއާރު ކޮލެޖް އޮފް ކޮމާސް އެންޑް އިކޮނޮމިކްސް އިން ކޮމާސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފަ އެވެ.