ކޮކާ ކޯލާ ފުޅިއެއް ގަނެގެން ބޮނަކުއާ ފެން ފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކޮކާ ކޯލާ އިން ބުނީ ހޫނު މޫސުމާ ގުޅިގެން ހަށިގަނޑު ތާޒާކޮށް ބަހައްޓަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ.

ކޮކާ ކޯލާ އިން ބުނީ 1.25 ލީޓަރުގެ އަދި ދެ ލީޓަރުގެ ފުޅިތަކަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެ ޕްރޮމޯޝަން ކުރިއަށްދަނީ ކޮކާކޯލާ، ކޮކާކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ފަދަ ބްރޭންޑްތަކުގެ މެދުގައެވެ.

ކޮކާ ކޯލާއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފުޅިއަކާއެކުގައި 1.5 ލީޓަރުގެ ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ފިހާރައަކުން ވެސް ވިޔަފާރިކޮށްފައިގެން ބޮނަކުއާ ފުޅި ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ ޒުވާނުންނާއި މައިންބަޕައިންނަށާއި ގޭގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ކޮކާ ކޯލާއިން ބުނެއެވެ.

ބޮނަކުއާ އަކީ ކޮކާކޯލާގެ ގްލޯބަލް ބެވަރޭޖް ޕޯޓްފޯލިއޯގެ މަތީ ފެންވަރުގެ ބޯފެނެކެވެ. އެއީ މަލްޓިސްޓޭޖް ފިލްޓްރޭޝަންގެ ޕްރޮސެސް އާއި ޕްރޮޕްރިއޭޓަރީ ބްލެންޑެއްގެ މިނަރަލްސް އެއްކޮށްލައިގެން އުފައްދާފައިވާ ފެނެކެވެ.

ބޮނަކުއާ އަކީ ރާއްޖޭގައި އުފައްދައި ފުޅިއަށް އަޅާ އެއްޗަކަށް ވާއިރު، ކޮންމެ ފޮއްޓެއްގައި ވެސް ރާއްޖޭގެ ފެނުގެ ސާފު ތާޒާ ރަހަ ލިބެއެވެ. އަދި އެފެނަކީ ސާފު ދުޅަހެޔޮ ފެން ކަމުގައި ކޮކާ ކޯލާއިން ބުނެއެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ކޮކާކޯލާގެ މެނޭޖިން ޑިރެކްޓަރު މިސްޓާ ޕަންކަޖް ސިންހާ ވިދާޅުވީ އެ ކުންފުނިން ގަބޫލްކުރަނީ ކަސްޓަމަރުންނަށް ކަރުހިއްކުން ފިލުވައިދޭ އެންމެ ރަނގަޅު ފެންވަރުގެ ބުއިންތައް ފޯރުކޮށްދިނުމުގައި، ތާޒާކަން ދެމެހެއްޓުމަށް ތަފާތު ޗޮއިސްތައް ފޯރުކޮށްދޭނެ ކަމަށެވެ.

" ރާއްޖޭގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯގެ ބައެއްގެ ގޮތުގައި ބޮންއެކުއާ އޮތުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް. އަޅުގަނޑުމެން ބޮނަކުއާ އުފައްދައި ފުޅިއަށް ފެން އަޅަނީ ރާއްޖޭގައި. އެހެންކަމުން އޭގެ ފެންވަރާއި ސާފުކަން ކަށަވަރު ކުރެވޭ." ސިންހާ ވިދާޅުވިއެވެ.

ކޮކާކޯލާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކަމުދާ އެއް ބްރޭންޑެވެ. އެ ބްރޭންޑުން އެކި ވައްތަރުގެ ބުއިންތައް ފޯރުކޮށްދެމުންދާތާ 135 އަހަރު ވަނީ ވެފައެވެ.