‎ކޮކާ-ކޯލާ މޯލްޑިވްސް އިން އަލަށް ތައާރަފްކުރި ޗަރޖްޑް އިން، އާންމުންގެ މުނިފޫހިފިލުވުމުގެ ޝޯތަކެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ 'ޗަރޖްޑް ނައިޓްސް'ގެ ނަމުގައެވެ.

މިގޮތުން މީގެ ކުރިން އާޓިފިޝަލް ބީޗްގައި ހަރަކާތްތަކެއް ބާއްވާފައި ވެއެވެ. އޭގެ އިތުރުން، އިތުރު ދެ ޝޯވއެއް މާލޭގައި ބާއްވަން ވަނީ ނިންމާފައެވެ.

‎އޮގަސްޓް 18 – ސޯޝަލް ސެންޓަރު

‎އެ ތަނުގައި ވެސް، ހަބޭސް ބޮޑުބެރު އާއި ފާލިހް އާދަމް އެންޑް ބޭންޑްގެ ހިތްގައިމު ހުށަހެޅުންތައް ގެނެދްދޭއެވެ. އަދި ޑީޖޭގެ މިއުޒިކުން މުޅި ތަނަށް އިތުރު އިތުރު މަޖ

‎އޮގަސްޓް 25 - ސެންޓްރަލް ޕާކް، ހުޅުމާލެ

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިއުޒިކާއި މަޖާ އެތައް ހަރަކާތެއް އޮންނާނެއެވެ. އެގޮތުން ރަވީއޯ، އީކުއޭޓިކް ވައިބް އަދި ސްކައި ރޮކްގެ ހުނަރުން ފުރިގެންވާ ހުށަހެޅުންތައް ފެނިގެން ދާނެއެވެ. އެއާ އެކު، ޑީޖޭގެ މިއުޒިކުން އިތުރަށް މަޖާ ކޮށްލެވޭނެއެވެ.

‎މި އުފާވެރި އަދި ޝައުގުވެރި ހަރަކާތުގައި ބައިވެރިވެ އުފާވެރިކަމާއި މަޖާ އިހުސާސްތަކާއި ތަޖުރިބާތަކެއް ގެނެސްދޭށެވެ.