ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގެ ރަންވޭ ކުއްލި ގޮަތަކަށް މަރާމާތު ކުރާތީ މޯލްޑިވިއަން އިން މިރޭ ދަތުރު ކުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލްކޮށްފިއެވެ.

އެކަން ހާމަކޮށް މޯލްޑިވިއަނުން ބުނީ، ކުރިން އެންގުމެއް ނެތި ވެލާނާ އެއާޕޯޓްގެ ރަންވޭ ބަންދުކޮށް، މަރާމާތުގެ މަސައްކަތްތައް ކުރަމުން ދާތީ އެ އެއާލައިނުން މިއަދު ދަތުރު ކުރަން އޮތް ބައެއް ފްލައިޓްތައް ކެންސަލް ކޮށްފައިވާކަމަށެވެ.

އެގޮތުން ކެންސަލްކޮށްފައި ވަނީ،

ދަރަވަންދޫ، އިފުރު ފްލައިޓް

ކޫއްޑޫ، ގަން ފްލައިޓް

ކައްދޫ، ކާޑެއްދޫ ފްލައިޓް

ފުވައްމުލައް

ޓްރިވިންޑްރަމް

މި ހުރިހާ ފްލައިޓްތަތަކީ ވެލާނާ އެއާޕޯޓުން މިރޭ ފުރަން ހުރި ފްލައިޓްތަކެވެ.

އެމްއޭސީއެލް އިން ބުނީ، ވެލާނާ އެއާޕޯޓުގެ ރަންވޭ މިރޭ ބަންދު ކުރަނީ މެއިންޓެނެންސް މަސައްކަތަކަށް ކަމަށެވެ. އެ މަސައްކަތް ނިންމުމަށްފަހު މިރޭ 7:30 ގައި ހުޅުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓްގެ އޮޕަރޭޝަން މެދުކަނޑާލުމުގެ ސަބަބުން އެ ވަގުތުތަކުގައި އެއާޕޯޓަށް ލޭންޑްކުރުމަށް ކުރިން ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް ޑިލޭވާނެ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.