އާ އަހަރާއި ގުޅިގެން އޫދް އަލް ސަބާޔާ އިން ވިޔާފަރި ކުރާ ފަރާތްތަކަށް ހަދިޔާއެއް ދިނުމަށް ނިންމައިފިއެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑެވެ. އެ ބްރޭންޑްގެ ދެ ފިހާރައެއް މިހާރު ރާއްޖޭގައި ހިންގަމުން އަންނައިރު، އެ ބްރޭންޑު އަތަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިގެން ގޮސްފައެވެ.

އޫދް އަލް ސަބާޔާއިން ބުނީ، މިއަދު ހަވީރު 16:30 އިން މާދަމާ ރޭ 23:00 އަށް އެ ބްރޭންޑްގެ ފިހާރަތަކުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަަކަށް ހަދިޔާ ދޭން ނިންމާފައިވާ ކަމަށެވެ.

އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މިރިޔަސް މަގުގައެވެ. ހުޅުމާލެ ފިހާރަ ހުންނާނީ ނިރޮޅު މަގުގައެވެ.

އެ ބްރޭންޑުގެ ފިހާރަތަކުން، އެ ބްރޭންޑްގެ އަމިއްލަ އަތަރު ތަކާއި، ލޯޝަން އަދި އެއާ ފްރެޝްނާ ވިއްކަމުން ދެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ޕާފިއުމް އަތަރުވެސް ވިއްކަމުން ދެއެވެ. މީގެ ތެރޭގައި ވިކްޓޯރިއާ ސީކްރެޓް، ލެންކޮމް،ޑިއޯރް، ހުގޯ ބޮސް، ލުއިސް ވިޓަން ހިމެނެއެވެ. މި މަޝްހޫރު ޕާފިއުމް ބްރޭންޑްތަކުގެ އަތަރު ލިބޭނެއެވެ.

ގިނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ އޫދް އަލް ސަބާޔާގެ ފޯން ނަމްބަރަކީ 9495757 އެވެ.