ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހެދިފައިވާ އާ ރަންވޭ އަންނަ ކުއާރޓަރގައި ބޭނުން ކުރަން ފެށޭވަރު ވާނޭ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ، މި އަހަރުގެ ދެވަނަ ކުއާރޓަރގައި އާ ރަންވޭ ހުޅުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެތަން ބޭނުން ކުރެވެން އަންނަނީ މިހާރު ތަރައްގީ ކުރަމުންދާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމި، ކުރީގެ ޓާމިނަލް އެތަނުން ނެގުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ރަންވޭ ބޭނުން ކުރަން ފެށޭނީ މިހާރު ސީޕްލޭން ޓާމިނަލްތައް ހިންގާ ސަރަހައްދު ހުސްވެ، ކްލެޔަރަންސް ލިބުމުން". ހަސަން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

އާ ރަންވޭ ބޭނުން ކުރަން ފެށުމާާއި އެކު މިހާރު ބޭނުންކުރާ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. އޭގެ ސަބަބުން އެއާޕޯޓަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ހައްލުލިބެގެން ދާނޭ ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ދެވަނަ ކުއާރޓާއަށް އާ ރަންވޭގެ ހުޅުވަން ޓާރގެޓް ކޮށްފައި ވީނަމަވެސް އެކަން ކުރެވެން އަންނަނީ މިހާރު ބޭނުންކުރާ ސީޕްލޭން ޓަރމިނަލް އެތަނުން ނެގުމުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އާ ރަންވޭ މަސައްކަތް ނިންމާ ޓެސްޓް ފްލައިޓް ޖައްސަފާއި ވަނީ 2018 ވަނަ އަހަރު ސެޕްޓެމްބަރ މަހު ތެރޭގައެވެ. އެ ރަންވޭ ތަރައްގީ ކޮށްފައި ވަނީ އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    މި ބިޔަ މަޝްރޫއު ހިންގީ ކޮން ވެރިކަމެއްގަތޯ ގުންޑާ ގްރޫޕްގަނޑުން ސުވާލެއް ނުކުރާނޫތަ؟ ހަހަހަ

  2. ޓްވީޓް

    ރޔ މި ތަސަ އްވަރަކީ ބޮޑު އިންގިލާބެ އް މިޤަޢުމަށް ގެނެސްފަ އިވާ ދުރު ރާސްތާ ތަރަ އްގީ އެއއ އް. ދިވެހިންގެ އެޢަރޕޯރޓް 4 ޖީ ގެ އެޢަރޕޯޓަކަށް ވުމުން މި ސަރަހަ އްދުގެ އެންމެ ދިގު އެންމެ ފުޅާ ރަންވޭ އަށްވާނެ. ޢެ އަރޕޯރޓް އަށް ލޯ އަޅާ މީހުން ކަ އިރިކޮށް ނު އަގުގަ އި ވި އްކި ބަޔަކު ތިބީތީ ދިވެހިން ފިކުރު ކުރަން ޖެހޭ