ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ ގިނަ ޕްރަޑަކްޓްތައް، ހއ.އިހަވަންދޫ ސެވަން ބްރަދާރސްއިން ވިއްކަން ފަށައިފިއެވެ.

ޖެނެޓްޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، މިހާރު އިހަވަންދޫ ސެވަން ބްރަދާރސް އިން ޖެނެޓް ބްރޭންޑުގެ ޕްރަޑަކްޓްސް، "ލިބޭ" އެކޭ އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، އަދި ޝޭމްޕޫ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ" ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" ވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ.

އިހަވަންދޫގެ އިތުރުން، މާލެ، ހުޅުމާލެ، ފޮނަދޫ އަދި އައްޑޫއިންވެސް ޖެނެޓްގެ ޕްރަޑަކްޓްތައް މިހާރު ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، ގުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"ގެ އުފެއްދުންތައް އުފައްދަމުން އަންނަ ތަޖުރިބާކާރު އަދި ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ ކުންފުންޏެއްގެ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން އެ ކުންފުނިން މިހާތަނަށް ވަނީ، 50 އަށްވުރެ ގިނަ ޕްރޮޑަކްޓް އުފައްދާފައެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ހާސިލްކޮށްފައެވެ.