ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަން ކަމުގައިވާ "އަވަސް ރައިޑް"ގެ ޚިދުމަތް އައްޑޫއަށް ތަޢާރަފުކޮށްފިއެވެ.

މިވަގުތު ހަމައެކަނި މާލޭގައި ޚިދުމަތްދެމުންދާ "އަވަސް ރައިޑް"ގެ ޚިދުމަތް މާލެއިން ބޭރުން ފުރަތަމަ ލިބޭނީ އައްޑޫގައެވެ. "އަވަސް ރައިޑް" އަކީ، ޓެކްސީގެ ހިދުމަތްދޭ މޯބައިލް އެޕްލިކޭޝަނެކެވެ. މާލޭ އަދި ހުޅުމާލޭގައި އަވަސް ރައިޑުން ކާމިޔާބު ކަމާއެކު ހިދުމަތް ދެމުން އަންނަތާ 10 ވަރަކަށް މަސްވެއްޖެއެވެ.

މި އެޕްލިކޭޝަން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައެވެ. އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ޕިކަޕާއި ސައިކަލުވެސް ބްކު ކުރެވެއެވެ. ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށްވެސް ދަތުރުތައް ނެގެއެވެ. ޓްރާންސްޕޯޓު ގަވާއިދު ބުނާގޮތުން، އަމިއްލަ ކާރުތަކަށް އަގު ނަގައިންގެން ހިދުމަތް ދެވޭނީ އެ މިނިސްޓްރީއިން ހުއްދަ ދީފައިވާ މިފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް އެކަންޏެވެ. އަވަސް ރައިޑަކީ ރާއްޖޭގެ މިފަދަ އެންމެ މަޤްބޫލު އެޕްލިކޭޝަނެވެ.

https://www.facebook.com/avasride/photos/a.308319559781613/534671367146430/?type=3&theater

"އަވަސް ރައިޑް" ގެ ސީއޯއޯ އިސްމާއިލް އަޒްމީ އަދުނާން ވިދާޅުވީ އައްޑޫއަށް "އަވަސް ރައިޑް" ތައާރަފް ކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.

"ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެން ކައިރީ އެދޭ އައްޑޫއަށް އަޅުގަނޑުމެންގެ ހިދުމަތް ފުޅާ ކުރުމަށް. ކަސްޓަމަރުންވެސް އަދި ޑްރައިވަރުންވެސް މިގޮތަށް އެދޭ. އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫ އަކީ މިއީ ޕްރައިވެޓް ކާރު އަދި ސައިކަލު ވަރަށްވެސް ގިނަ ސިޓީއެއް. އެފަދަ ބޭފުޅުންނަށްވެސް އާމްދަނީ ހޯދަން ރަނގަޅު ފުރުސަތަކަށް މިކަން ވާނެ. އެހެންވެ މާލެއަށްފަހު އެންމެ ފުރަތަމަ އައްޑޫއަށް ތައާރަފު މިކުރީވެސް" އަޒްމީ ވިދާޅުވިއެވެ.

އައްޑޫގައި ހިދުމަތް ދިނުމަށްޓަކައި "އަވަސް ރައިޑު" އިން މިހާރު ވަނީ އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ހުޅުވާލާފައެވެ.

https://www.facebook.com/avasride/photos/a.308319559781613/534672967146270/?type=3&theater

ޒަމާނަށް އައި ބަދަލާއެކު، އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ޓެކްސީ ހޯދުން ރާއްޖޭގައިވެސް ދަނީ މަޑު މަޑުން އާންމުވަމުންނެވެ. "އަވަސް ރައިޑް" އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޓެކްސީ ފްލީޓެވެ. މިގޮތުން އަވަސް ރައިޑު މެދުވެރިކޮށް ހިދުމަތްދޭ ކާރު، ސައިކަލު، އަދި ޕިކަޕުގެ އަދަދު 2000ހާއި ކައިރިކުރެއެވެ.

"އަވަސް ރައިޑް" ގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑުކުރެއްވުމަށް ފަހު އެޕްލިކޭޝަންގައި ހިމެނޭ ފޯމު ފުރާލެއްވުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ. މިގޮތުން، ޑްރައިވަރުގެ މައުލޫމާތު، ލައިސަންސް ކާޑު ހިމެނޭ ގޮތަށް ފޯރުކޮށްދޭންވާނެއެވެ. އަދި ކާރުގެ މައުލޫމާތާއި، ޑްރައިވަރުގެ ފޮޓޯ އެޕްލިކޭޝަނަށް ލުމަށްފަހު، 7812929 އަށް ގުޅައިގެން އެކައުންޓު އެކްޓީވޭޓް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައްނާނު

    އަވަސް ރައިޑް ވަރެއް ހަމަ ނެތް!

    3
    2
  2. ރީޝް

    ހިދުމަތުގަ އެއްވަނަ! އަވަސްރައިޑް އެޕް ބޭނުންކުރަން ވަރަށް ފަސޭހަ..

    4
    2
    • މަންޖެ

      އެއްވެސް ފަސޭހައްނޫން. އިންޓަފޭސްވެސް އެހާ ހަޑި.