މާލެ ސަރަަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެކްސީގެ ހިދުމަތް ދެމުންދާ އަވަސް ރައިޑްގެ ސެންޓަރުތަކާއި އަލަށް ގުޅެން ބޭނުންވާ ކާރުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ އަލަށް ޓެކްސީ ދުއްވުމުުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކާއި އަދި ޓެކްސީ ހިދުމަތާއި މިހާރު ވެސް ގުޅިފައިވާ ޑްރައިވަރުން، އެ މީހުންގެ ޓެކްސީ ސެންޓަރު ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ.

މިގޮތުން މި ޕްރޮމޯޝަންގެ ދަށުން، މި ސެންޓަރުތަކާއި ގުޅޭ ޑްރައިވަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ސެންޓަރުގެ ފީ ހިލޭ ލިބިގެން ދާނެއެވެ. އަދި މި ޓެކްސީ ސެންޓަރުތަކާއި ގުޅޭ ޑްރައިވަރުންނަށް ރާއްޖޭގެ އެންމެ ބޮޑު ޓެކްސީ ފްލީޓް އޮންނަ އަވަސް ރައިޑް އެޕްލިކޭޝަންވެސް ހިލޭ ވެގެން ދާނެއެވެ.

އަދި މި ޕްރޮމޯޝަންގެ ތެރެއިން ސެންޓަރަށް ރެޖިސްޓްރޭޝަނަށް ވެސް އެއްވެސް ފީއެއް ދައްކަން ނުޖެހޭ ގޮތަށް ހަދާފައިވާއިރު، ޓްރާންސްޕޯޓް މިނިސްޓްރީ އަށް ދައްކަން ޖެހޭ ފީތައްވެސް ދައްކާނީ އަވަސް ރައިޑުން ކަން ފާހަގަކޮށްލެެވެއެވެ.

އެހެންކަމުން އަވަސް ރައިޑުގެ ޓެކްސީ ސެންޓަރަކާއި ގުޅެން ބޭނުންވާ ފަރާތްތަކަށް އެނުއަލް ފީ، އިންސެރެންސް ރޯޑްވާދިނަސް، ވެހިކަލް ރަޖިސްޓްރީ އާއި ވެރިފަރާތުގެ އައިޑީކާޑާއި، ޑްރައިވިންގ ލައިސެންސްގެ ކޮޕީ، ޓެކްސީ ޕާމިޓްގެ ކޮޕީ އާއީ ކުރީގެ ސެންޓަރުގެ ރިފަރެންސް ލެޓަރ ފަދަ ޑޮކިއުމެންޓްތައް ހުށަހަޅަން ޖެހޭނެއެވެ.

މެއި 15 ވަނަ ދުަވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްގެންދާއިރު، އިތުރު މައުލޫމާތު ހޯދުމަށް 3302929 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.