މިދިޔަ އާދީއްތަ ދުވަހު ގަތަރްގައި ފެށި ފީފާ ވޯލްޑް ކަޕް 2022އާ ދިމާކޮށް، އަވަސް ރައިޑްއިން ވަނީ ފެންޓަސީ ލީގެއް ފަށައިފިއެވެ.

އަވަސް ރައިޑް އިން ބުނީ، އެ ކުންފުނިން ވޯލްޑް ކަޕްއާ ދިމާކޮށް ފެށި ފެންޓަސީ ލީގް ކާމިޔާބު ކުރާ ތިން ފަރާތަަކަށް ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެއްވަނައަށް ދާ ފަރާތަަކަށް 15،000ރ. ދޭން ނިންމާފައިވާއިރު، ދެވަނައަށް ދާ ފަރާތަކަށް 10،000ރ. ދޭން ވަނީ ނިންމާފައެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 5،000ރ. ދޭން ވަނީ ނިންމާފައެވެ.


މި ފެންޓަސީ ލީގްގައި ބައިވެރިވުމަށް ޖެހޭނީ ފީފާގެ އެކަމަށް ހާއްސަ އެޕްލިކޭޝަން އަޅާށެވެ. މި އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންނާއި، އެޕަލް އެޕް ސްޓޯރުން ލިބޭނެއެވެ. އަވަސް ރައިޑްގެ މި ފެންޓަސީ ލީގްގެ ކޯޑަކީ 16LPFCEH އެވެ.

ފީފާ ވޯލްޑް ކަޕް ފެންޓަސީ ގޭމަކީ، ވޯލްޑް ކަޕްގައި ވާދަކުރާ 32 ގައުމުގެ ފައިނަލް ސްކޮޑްގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން، މި ގޭމު ކުޅުމަށް ރެޖިސްޓަރ ވާ ހަމަކޮންމެ ފަރާތެއް ވެސް ޖުމްލަ 15 ކުޅުންތެރިން ނަގައިގެން، މެޗުތައް ކުރިޔަށް ދާއިރު ޕޮއިންޓް ހޯދާ، އެހެން ފަރާތްތަކާ ވާދަކުރާގޮތަށް ފަރުމާކުރެވިފައިވާ ގޭމެކެވެ. މި ގޭމަށް ރަޖިސްޓަރވާ ކޮންމެ ފަރާތަކަށް ވެސް އެ ފަރާތެއްގެ ޓީމު ނެގުމަށް ލިބޭނީ 100 މިލިޔަނުގެ ބަޖެޓެކެވެ. ކުޅުންތެރިންގެ އަގުތައް ފީފާއިން ހުންނާނީ ލިސްޓުކޮށްފައެވެ. ކޮންމެ މެޗަކަށް ފަހު، ކުޅުންތެރިން މެޗުތަކުގައި ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށް އެ ކުޅުންތެރިންނަށް ފީފާ އިން ފެންޓަސީގައި ޕޮއިންޓް ދޭނެއެވެ. ބައިވެރިވާ ފަރާތުގެ ޓީމުގެ ޖުމްލަ ނަތީޖާ ބިނާވާނީ، ޓީމުގެ ކުޅުންތެރިންނަށް ލިބޭ ޕޮއިންޓްތަކަށެވެ.

މީގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ ތިން ފަރާތަކަށް ފަައިސާ ލިބިގެން ދާނެއެވެ.