ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ޙިދުމަތް ކަމުގައިވާ "އަވަސް ރައިޑް" އިން އައްޑޫ ސިޓީއަށް ހިދުމަތް ފުޅާ ކޮށްފިއެވެ.

އަވަސް ރައިޑަކީ ރާއްޖޭގެ އެންމެ ގިނަ ޑްރައިވަރުން ބޭނުން ކުރަމުންދާ ޓެކްސީ ބުކިން މޯބައިލް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަންގެ ހިދުމަތް 2020 ވަނަ އަހަރުގެ ކުރީކޮޅު އައްޑޫއަށް ތަޢާރަފް ކުރިއެވެ.

ކޮވިޑް-19ގެ ސަބަބުން މި ހިދުމަތް ހުއްޓުމަކަށް އައި ނަމަވެސް، ކުރިން ލިބުނު ތަރުހީބާއި ގުޅިގެން އަވަސްރައިޑުން މިވަނީ އައްޑޫ ސިޓީގައި އަލުން އެޕްލިކޭޝަން ތައާރަފް ކޮށްފައެވެ. މިގޮތުން މިހާރު އައްޑޫގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އަވަސް ރައިޑް އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ދަތުރު ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ސައިކަލު ޓެކްސީގެ ހިދުމަތާއި، ކާރު، ޕިކަޕް ފަދަ ހިދުމަތްތައް ލިބިގެންދާއިރު، އެޕްލިކޭޝަން މެދުވެރިކޮށް ދުރާލާ ބުކް ކޮށްގެންވެސް ހިދުމަތް ލިބިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ.

އަވަސް ރައިޑުން ބުނީ، އެ ކުންފުނިން އައްޑޫއަށް ހިދުމަތް ފުޅާކުރިއިރު، ޑްރައިވަރުންނަށް އަދިވެސް އަވަސް ރައިޑްގެ މި ހިދުމަތަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިވާ ކަމަށެެވެ. މިއާއެކު އަވަސް ރައިޑްގެ ޑްރައިވަރުންގެ ގޮތުގައި ފަސެންޖަރުންނަށް ހިދުމަތް ދެވިގެން ދާނެއެވެ.

އަވަސް ރައިޑްގެ ޑްރައިވަރަކަށް ވުމަށް އެ އެޕްލިކޭޝަން އެޕްލް ސްޓޯ އިން ނޫނީ ގޫގުލް ޕްލޭ ސްޓޯ އިން ޑައުންލޯޑް ކުރުމަށް ފަހު އެޕްލިކޭޝަންގައި ހިމެނޭ ފޯމު ފުރާލުމުން ޑްރައިވަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރެވޭނެއެވެ.

އަވަސް ރައިޑްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު އައްޑޫގެ ކޮންމެ ތަނަކަށް ދިއުމަށްވެސް ދަތުރު ލިބިގެންދާނެ ކަން ފާހަގަކޮށްލެވެއެވެ.

އަވަސް ރައިޑްވެގެން ގޮސްފައިވަނީ މާލެ ސަރަހައްދުގައި އެންމެ ބޮޑު ޓެކްސީ ފްލީޓެއް އޮންނަ ކުންފުންޏަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަސްޓަމަރު

    މާތް ކަލާކޮށްޓަކާ ތިޔަ ހިދުމަތް ފުވައްމުލައް ސިޓީގައިވެސް ދީބަލަ..! މާލޭގަ އަވަސް ރައިޑުން ދަތުރު ނަގަނަގާފަ މިތަނަށް އައިސް ޓެކްސީ ގަނޑެއް ނުލިބިގެން އުޅެން މިޖެހެނީ ހާދަ ހާލެއްގައޭ..!