ރާއްޖޭގައި އެންމެ ރައްކާތެރި، އެންމެ އަވަސް ޓްރާންސްޕޮޓޭޝަން ހިދުމަތް ދެމުން އަންނަ އަވަސް ރައިޑްއަށް ހަތަރު އަހަރު ފުުރުން ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ހިލޭ 1،000 ދަތުރު ދޭން ނިންމައިފިއެވެ.

އަވަސް ރައިޑްވެފައި ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ ކުންފުންޏަކަށެވެ. ހާއްސަކޮށް އަވަސް ރައިޑްގެ އެޕްލިކޭޝަން ވެގެން ދިޔައީ، ރާއްޖޭގެ ޓެކްސީ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ފަސޭހަ ކަމާއެކު ހިދުމަތް ލިބިގަތުމަށް ހުޅުވާލި ދޮރަކަށެެވެ.

މި އެޕްލިކޭޝަނުން، ދަތުރުފަތުރުގެ ފަސޭހަކަމާއި ލުއިފަސޭހަގޮތްތައް ހަމަޖެއްސިއެވެ. މި އެޕްލިކޭޝަނަކީ ޔޫޒާ ފްރެންޑްލީ އިންޓަފޭސް، ރިއަލް ޓައިމް ޓްރެކް ކުރެވޭ އަދި 24 ގަޑިއިރު ކަސްޓަމާ ސަޕޯޓް ފޯރުކޮށްދެމުންދާ އެޕްލިކޭޝަނެކެވެ. އެހެންކަމުން ފާހަގަކޮށްލަން ޖެހޭ ކަމަކީ ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އަވަސް ރައިޑް ވެގެން ގޮސްފައި ވަނީ ރާއްޖޭގެ އެތައް ހާސް ފަސިންޖަރުންގެ އިތުބާރު ކުރެވޭ ޓްރާންސްޕޯޓް ޕާޓްނަރަކަށެވެ.

އަވަސް ރައިޑަށް ހަތަރު އަހަރު ފުރިގެން ގޮސްފައިވާއިރު، އެކަން ފާހަގަކުރުމުގެ ގޮތުން ފަސިންޖަރުންނަށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނަށް ހިލޭ 1،000 ރައިޑް ލިބޭ ކޫޕަން ހިމެނެއެވެ.

މި ޕްރޮމޯޝަންތަކަކީ އަވަސް ރައިޑްގެ ވަފާތެރި ފަސިންޖަރުންނަށް ހަދިޔާއެއް ދިނުމުގެ ގޮތުންނާއި، އާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ހިދުމަތަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަންތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އަވަސް ރައިޑްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖް ފޮލޯ ކުރަން ވާނެ އެވެ. މިއާއެކު ހިލޭ ރައިޑް ކޫޕަންތައް ރެންޑަމްކޮށް ސްޓޯރީތަކުން ދައްކާއިރު، އެ ކޫޕަން މެދުވެރިކޮށް ދަތުރު ކުރެވޭނެއެވެ. މި ކޫޕަން ލިބޭނީ ފުރަތަމަ އެ ސްޓޯރީތައް ބަލާ، ހިދުމަތް ހޯދާ ކަސްޓަމަރުންނަށެވެ.

އަވަސް ރައިޑުން ވަނީ އެ ކުންފުނީގެ ފަސިންޖަރުންނަށް ރައްކާތެރި އަދި އިތުބާރު ހިފޭ ދަތުރު ފަތުރުގެ މަގު ފަހިކޮށްދީފައިވާތީ އެ ކުންފުނީގެ ބުރަ މަސައްކަތްކުރަމުންދާ ޑްރައިވަރުންނަށް ޝުކުރު އަދާކޮށްފައެވެ.

އަވަސް ރައިޑް އެޕްލިކޭޝަނަކީ ފަސިންޖަރުންނަށް ރައްކާތެރި، އަވަސް އަދި އިތުބާރު ހިފޭ ދަތުރުތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ކުރިއެރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދެމުން އަންނަ އެޕްލިކޭޝަނެއްކަން ފާހަގަކޮށްލެެވެއެވެ.