ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ" އަދި ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ ގިނަ ވައްތަރުތައް، ހދ.ނޮޅިވަރަމް ގައި ވިއްކަން ފަށައިފިއެވެ.

މިތަކެތި ލިބޭނީ ނޮޅިވަރަމް "ކޭ.އެޗް އާކޭޑް" އިންނެވެ. ބަނޑު ހިންދުމަށް ޙާއްޞަ ކޮފީ އަދި ޖެނެޓްގެ ވައްތަރުތައް، މާލެއާއި އެއް އަގެއްގައި އެ ފިހާރައިންވެސް ލިބޭނެ ކަމަށް އެ ފިހާރައިން މަޢުލޫމާތު ދެއްވައެވެ.

"ލޭންސްލޭ ސްލިމިންގ ކޮފީ، އަދި ޖެނެޓްގެ ގިނަ ޕްރޮޑަކްޓްތައް މި ފިހާރައިން މި ވިއްކަން ފެށީ. އަޅުގަނޑުމެން އަބަދުވެސް ބަލަނީ ކަސްޓަމަރުން އެންމެ ގަޔާވާ، އެންމެ ބޭނުންވާ ތަކެތި އެމީހުންނަށް ފޯރުކޮށްދެވޭތޯ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ކޮމިއުނިޓީ ވައިބަރ ގުރޫޕާއި، އަދި އެނޫންވެސް ޕްލެޓްފޯމު ތައް މެދުވެރިކޮށް، އަޅުގަނޑުމެން ބަލަނީ ކަސްޓަމަރުންނާއި ވީހާވެސް ގާތުން މި ޚިދުމަތްތައް ދެވޭތޯ. ޑެލިވަރީގެ ޚިދުމަތްވެސް އަޅުގަނޑުމެން ފޯރުކޮށްދެން. އަދި ހަނޑޫ، ހަކުރު، ފުށް، ގަންނަން ބޭނުންވާ ފަރާތްތަކަށް، ކޮންމެ ހޮނިހިރު ދުވަހެއްގަ ހިލޭ ޑެލިވަރީ ކޮށްދެން." ކޭ.އެޗް އާކޭޑްގެ އޯނަރ، ނަޞްރުﷲ ޚަލީލް، "ވަގުތު" އަށް މަޢުލޫމާތު ދިނެވެ.

ކޭ.އެޗް އާކޭޑްގައި، ލޭންސްލޭ ސްލިމިންގ ކޮފީ ވިއްކަން ބަހައްޓާފައި؛ ފޮޓޯ: ކޭއެޗް އާކޭޑް

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ. ހޯލްސޭލްކޮށް، އަދި ރީޓެއިލް ކޮށް މި ކޮޕީ ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން، 9946822 ނުވަތަ 7999681 ނަމްބަރު ފޯނާއި ގުޅުއްވުމަށް އެފަރާތުން އެދިލައްވައެވެ.

ލޭންސްލޭ ކޮފީ މިހާރު ވިއްކަމުންދާ ރަށްތައް:

އިހަވަންދޫ - ސެވަން ބްރަދާރސް

ހުޅުމާލެ - ސަމާ ސްޕޯޓްސް

ސ.ފޭދޫ - ފައިސް މާރޓް

ސ.މަރަދޫ - ނަފީ މާރޓް

މާލެ - ލިވް ހެލްތީ

ގދ.ތިނަދޫ - އޯޑަރދެއްވުމަށް ، 9180159

ލ.ގަން - މާފަތް މާރޓް

ކުޅުދުއްފުށި - ބަރާބަރު ފިހާރަ

ނ.ކުޑަފަރި - ކޮއިނޭޖް

ލ.މާބައިދޫ - ބާރަ ބާރަ

ނ.ހޮޅުދޫ - ރޯސް ލައިން އަދި ހޮރިޒޯން

ނ.މަނަދޫ - އާރތް

ށ.މާއުނގޫދޫ - ޗަމަން ޕްލަސް

ށ.ޅައިމަގު - މީޑް ކޯނަރ

ކޭ.އެޗް އާކޭޑްގައި، ޖެނެޓްގެ ބައެއް އުފެއްދުންތައް ވިއްކަން ބަހައްޓާފައި؛ ފޮޓޯ: ކޭއެޗް އާކޭޑް

މީގެ އިތުރުން، ޖެނެޓްޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، ޖެނެޓް ބްރޭންޑުގެ ޕްރަޑަކްޓްސް، "ލިބޭ" އެކޭ އެއް އަގެއްގައި ނޮޅިވަރަމް، ކޭ.އެޗް އާކޭޑުން ލިބެން ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، އަދި ޝޭމްޕޫ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ" ހިމެނެއެވެ.

ކޭ.އެޗް އާކޭޑްގައި، ޖެނެޓްގެ ބައެއް އުފެއްދުންތައް ވިއްކަން ބަހައްޓާފައި؛ ފޮޓޯ: ކޭއެޗް އާކޭޑް

ކޭ.އެޗް އާކޭޑަކީ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ، ފިހާރައެކެވެ.