ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ކޮސްމެޓިކްސް މޮނޯ ސްޓޯ ކަމަށްވާ ނޯޓް މޮނޯ ސްޓޯއިން ހުރިހާ ޕްރޮޑަކްޓްއަކުން %20 ޑިސްކައުންޓްދޭ އޯޕަނިންގް ޕްރޮމޯޝަނެއެ ފަށައިފިއެވެ.


29 ޖެނުއަރީގައި ހުޅުވި ނޯޓް މޮނޯ ސްޓޯރުގައި ޕްރޮމޯޝަން ކުރިއަށް ދާނީ 6 ފެބްރުއަރީގެ ނިޔަލަށްކަމަށް ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

ބުދަ ދުވަހުގެރޭ ނޯޓް މޮނޯ ސްޓޯ ހުޅުވާފައިވާއިރު ގިނަ އަދަދެއްގެ މަޝްހޫރު ފަންނާނުންނާއި ރާއްޖޭގެ ނަން މަޝްހޫރު އަންހެން ވިޔަފާރިވެރިން މި ސްޓޯހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ނޯޓް ސްޓޯ ރަސްމީކޮށް ހުޅުވާ ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އޮނަރަބަލް އައިޝަތު ނަހުލާ އާއި ނޯޓް އިންޓަނޭޝަލްގެ ޖެނެރަލް މެނޭޖަރެވެ.

ނޯޓް ގެ އެކި ބާވަތްބާވަތުގެ އުފެއްދުންތަކަކީ ދިވެހިންގެ ތެރޭގައި މިހާރުވެސް ވަރަށް މަޤުބޫލު އުފެއްދުންތަކެވެ. މި ސްޓޯ ހުޅުވުމުގެ ސަބަބުން ނޯޓް ގެ އެންމެ ފަހުގެ އުފެއްދުންތައް ރިލީޒް ކުރާދުވަހު، ހެޔޮ އަގުގައި ރާއްޖެއިން ލިބޭނެއެވެ.

ނޯޓް ކޮސްމެޓިކްސް މޯލްޑިވްސްގެ ޗީފް މާކެޓިންގ އޮފިސަރ އިސްމާއިލް އަޒްމީ އަދުނާން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ނޯޓްގައި މަސައްކަތް ކުރައްވާ މުވައްޒަފުންވަނީ ބައިނަލްއަޤްވާމީ މިންގަނޑަށް ތަމްރީނުކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައެވެ. މިގޮތުން ވަކިވަކި ކަސްޓަމަރުންނަށް ޙިދުމަތްދޭއިރު އެކަންބަލެއްގެ ހަމަށް ރައްކާތެރި ޕްރޮޑަކްޓެއްތޯ ކަށަވަރުކޮށް، ހަމާއި އެންމެ ގުޅޭ އުފެއްދުންތަކާއި އަދިވެސް ކަސްޓަމަރުންގެ އެންމެހާ ބޭނުންތަކަށް ކަމުދާން އުފެއްދުންތައް ކޮންމެ ކަސްޓަމަރަކަށް ވެސް ހޯދާ ދިނުމުގައި ނޯޓްގެ މުވައްޒަފުން އެހީވާނެއެވެ.

ނޯޓް ކޮސްމެޓިކްސް އަކީ އެންމެ ފުރަތަމަ ސްކިން ކެއަރ ޕްރޮޑަކްޓްގެ ބާވަތެއްގެ ގޮތުގައި އުފައްދަމުން އައި ބްރޭންޑެކެވެ.%100 ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ މި ހަލާލު ޕްރޮޑަކްޓް ބޭނުންކުރުމުން ހަންގަނޑު ރީތިވެއެވެ. ހަމަށް ހާއްސަކޮށް ފުރަތަމަ އުފެއްދި ނޯޓް ބްރޭންޑް ފަހުން ވަނީ ކޮސްމެޓިކްސް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. ނޯޓް ކޮސްމެޓިކްސްއިން ވަނީ ގިނަ ބާވަތްތަކެއްގެ ހަމަށް މިންގަންޑުތަކެއް ކަނޑައަޅާ، ގިނަ ބާވަތްތަކެއްގެ ނާޒުކު ހަމަށް، ކޮންމެ ވައްތަރެއްގެ ހަމަކަށް ތަފާތު ޕްރޮޑަކްޓެއް ވަނީ ތައާރަފްކޮށްފައެވެ. .

ނޯޓް ކޮސްމެޓިކްގެ އެންމެ ހާއްސް އެއް ކަމަކީ، ނޯޓް ގެ ހުރިހާ ޕްރޮޑަކްޓު ތަކަކީ ވެސް ހަލާލު ޕްރޮޑަކްޓުތަކަށްވުމެވެ. ވަރަށް ގިނަ މޭކަޕް ބްރޭންޑުތަކުގައި އޫރުގެ ބައެއް މާއްދާތައް ބޭނުންކޮށްފައިހުރެއެވެ. ނަމަވެސް ނޯޓް ކޮސްމެޓިކްސްގެ އެއްވެސް އުފެއްދުމެއްގައި މިފަދަ އެއްވެސް މާއްދާއެއް ބޭނުންކޮށްފައި ނުހުރެއެއެވެ. އެންމެ ފުރަތަމަ ހަލާލް މޭކަޕް ބްރޭންޑަށް ވުމުގެ އިތުރުން، ނޯޓް ކޮސްމެޓިކްސްގައި އެއްވެސް ނުރައްކާތެރި ކެމިކަލެއްވެސް ނުހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މިހާރު ކުރިއަށް ދާ ޕްރޮމޯޝަނުގައި ހުރިހާ އުފެއްދުމަކުން ވެސް %20 ޑިސްކައުންޓް ލިބޭ އިރު، މީގެ އިތުރުންވެސް އިންޓަނޭޝަނަލް ނޯޓް ސްޓޯރ ތަކުގައި ހިންގާ ޕްރޮމޯޝަންތައް ރާއްޖޭގައި ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށް ނޯޓް އިން މައުލޫމާތުދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝިމް

    މިހާރު މިދަނީ!

    8
    2
  2. ރޮނާ

    ނޯޓް ކުދިން ހާދަ ސަޅިއޭ

    7
    3
  3. ޝައިން

    ވ ވ ވ ވވ ވ ވ ވ ޝުކުރިއްޔާ ނޯޓް ޓީމައް! ޔޫ އޯލް ދަ ބެސްޓް! ނޯޓް އިޒް ދަ ބެސްޓް ބްރޭންޑް

    7
    2
  4. އައިޝް

    ނޯޓް ފިހާރައިގަ ތިބޭ ކުދިން ވަރަށް ހިދުމަތް ރަންގަޅު، އިއްޔެ ގޮސްލިން. ތިވަރު ތަނެއް ނެތް އަދި ރާއްޖޭގަ. ހަމަ ޔޫރަޕް ފިހާރައެއްތެރެއަށް ވަދެވޭހެން ހީވަނީ

    9
    3
  5. ވިޝް

    ތިފިހާރަ ތީހަމަ ޑިއުޓީ ފްރީ ފިހާރައެއް! އަމޭޒިންގް އެކްސްޕީރިއެންސް

    6
    2
  6. ލައިޒ

    ކޮން ގަޑިތަކެއްގަ ހުޅުވާފަ ހުންނާނީ؟؟ މިހާރު އެއްކޮށް ހުޅުވީތަ؟

    8
    1
  7. ޝަރޫ

    ޢުފާވާނީމިހާވަރަށް މިހާރު މިދަނީ

    5
    2