މިދިޔަ ޖަނަރަވީ މަހު ވެލާ ޕްރައިވެޓް އައިލެންޑުން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި 3006 އެމެރިކާ ޑޮލަރު 46356 ރުފިޔާ ދީފައިވާ ކަމަށް ސާވިސް ޗާޖްގެ މައުލޫމާތުތައް ގެނެސްދޭ ވެބްސައިޓްގައި ބުނެފިއެވެ.

ޖަނަރަވީ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް މުވައްޒަފުންނަށް ދިނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އާއްމު ގޮތެއްގައި އެންމެ ގިނައިން ސާވިސް ޗާޖް ދޭ ދެތިން ރިސޯޓްގެ ތެރޭގައި އަބަދުވެސް ވެލާ ޕްރައިވެޓް އައިލެންޑް ހިމެނެއެވެ.

ވެލާ ޕްރައިވެޓް އައިލެންޑަކީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން އެއް ރިސޯޓެވެ. އެރިސޯޓްގައި އެންމެ ދުވަހަކު މަޑުކޮށްލަން ވެސް 70000 ވަރަކަށް ހާސް ރުފިޔާ ދައްކަން ޖެހެއެވެ.

ޖަނަވަރީ މަހު ދެން އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުން 2533 އެމެރިކާ ޑޮލަރު 39063 ރުފިޔާ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖްގެ ގޮތުގައި ދީފައި ވެއެވެ. ވަން އެންޑް އޮންލީ ރީތި ރަށުން ވެސް ވަނީ 2465 އެމެރިކާ ޑޮލަރު (38010 ރުފިޔާ) ސާވިސް ޗާޖްގެ ގޮތުގައި ދީފައެވެ.

ފޯސިޒަން އިން 2315 އެމެރިކާ ޑޮލަރު (35702 ރުފިޔާ) އިތާފުށިން 2037 އެމެރިކާ ޑޮލަރު (31410 ރުފިޔާ)، ވޮއްމުލިން 1940 އެމެރިކާ ޑޮލަރު (29918 ރުފިޔާ)، ކިހާވައް ވިލާސް އިން 1832 އެމެރިކާ ޑޮލަރު (28250 ރުފިޔާ) ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދީފައި ވެއެވެ.

ބައެއް ރިސޯޓްތަކުން ބޮޑެތި އަދަދުތަކުގެ ސާވިސް ޗާޖް މުވައްޒަފުންނަށް ދިން ނަމަވެސް އަދިވެސް ރާއްޖޭގައި ގިނައީ ވަރަށް ކުޑައަދަދެއްގެ ސާވިސް ޗާޖް ދޭ ރިސޯޓްތަކާއި އެއްވެސް މިންވަރެއްގެ ސާވިސް ޗާޖެއް ނުދޭ ރިސޯޓްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޅަބޭ

  ތީދެން ކީއްކުރަން މަހަކު އެއްފަހަރު ގެންނަ ހާސަރުތަކެއްތަ. ދޭއެއްޗެއް ދީފާނެއެއްނު.

  1
  11
 2. ފެންތަށި

  ބޮޑުސޭޓްގެ ރިސޯޓްތަކުން ޢާއްމު ގޮތެއްގައި މުވައްޒަފުންނަށް ސަރވިސް ޗާރޖް ނުދީ ހުންނާނީ.

  11
  1
 3. މިހުން

  މީގައި އެންމެ މުހިންމު ވާހަކަ ނާދޭ ރިސޯޓް ގައި އުޅެނީ ކިތައް މުވައްޒަފުން އަދި ކިތައް ދިވެހިން

  19
  1
 4. ސޭޓާ ސޭޓާ

  ސޭޓާ ކިހާވަރެއްތަ ހުސްވިމަހު ދިނީ

 5. އަހްމަދު

  މިސާބުތައް މިގޮތައްއާއްމުކުރުމަކީ ރައްޔިތުންނައް ވަރައްމުހިންމު ކަމެއް ހާއްސަކޮށް ވަޒީފާޔަށް ނުކުންނަޒުވާނުންނައްމިކަހަލަ މަޢުލޫމާތުވަރައްމުހިންމު އަދިމިރިސޯޓްތަކުން ވަޒީފާހޯދަން މަސައްކަތްކުރާޒުވާނުންއިތުރުވެގެންދާނެ ސަބަބަކަށްވާނެ

 6. ާނޫސް ކިޔާމީހާ

  ފާހަގަ ކޮށްލެވެނީ މާލެއަައި އަތޮޅުތަކުގައި ރެސްޓޯރެންޓް ހޮޓާ ތަކުން ކޮންމެ ތަނަކުންވެސް ސަރވިސްޗާޖު ނަގާއިރު އެއިން ފުކެއްގެ މިންވަރުވެސް ސްޓާފަކަށް ނުދޭކަން. ޢަދި މިކަމަކީ ސަރުކާރުވެސް އެންޓި ކޮރަޕްޝަނުންވެސް ބަލާކަމެއްނޫން ކަން. ޤާނޫމުގައި ބުނާ ބުނުން ބޮއްސުން ދުއްވާލްނީ.

  3
  1