ކޮރޯނާ ވައިރަސް ރާއްޖެއިން ނުފެންނާތީ ފަތުރުވެރިކަމަށް ފައިދާވަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޮމްޕެނީ (އެމްއެމްޕީއާރްސީ) ބުނެފިއެވެ.

މިއަދު އޮތް އައިޓީބީ ޕްެރިމީޓިންގއަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއްރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ، ކޮރޯނާ ވައިރަސްއަށް ވަމުންދާ ގޮތް ދުނިޔޭގެ އެއްވެސް ތަކުން ނޭނގޭ ކަމަށާއި، ރާއްޖެއިން އަދި މި ބަލި ނުފެނުމުން، ފައިދާތަކެއް ވަމުން އަންނަ ކަމަށެވެ.

"މާނައަކީ ކުރިއަށް ލަފާ ކުރާކަށްވެސް ނޭނގެއޭ. ހަމަ އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ރާއްޖެ މީގެން ސަލާމަތްވެފައި އޮތުން އެއީ ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް. ބައެއް އެހެން ގައުމުތަކުން ބުކިންގ އެބަ ކޮންވާޓްވޭ މިކޮޅަށް. ހަމައެހެން ކެންސަލްވެސް ވޭ". ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބް ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ނަމްބަރު 1 މާކެޓްކަމަށްވާއިރު، ޗައިނާގެ ޑައިރެކްޓް ފްލައިޓްތައް ރާއްޖެއަށް ހުއްޓާލުމާއި، އެ ޓްރާންސިޓްގައި އަންނަ މީހުން ވަނުން މަނާ ކުރުމުން އެއީ އެޅުނު ފިޔަވަޅެއް ކަމަށެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންގެ ޕީއާރް 12، 13 ގައުމުގައި ރިޕްރެޒެންޓޭޓިވްސްއިން އެބަ ބުނޭ، ދިވެހި ރާއްޖެއަށް ބުކިންގ ޑިމާންޑެއް ކްރިއޭޓް ވެޔޭ މިތަނުން ކޮރޯނާ ވައިރަސް ނުފެންނާތީ". ތޮއްޔިބް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ކަންތަކާއި ސަރުކާރުން ވަރަށް ސީރިއަސް ލެެވެލްއެއްގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ތޮއްޔިބް ވިދާޅުވީ، ސަރުކާރުންވެސް ކުރިއަށް ވިސްނަވާ ކަމަށާއި، ނަމަވެސް މިކަމައި ގުޅިގެން އެޅި ފިޔަވަޅުތައް ދަންނަވަން އަދި ނޭނގޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެންވެސް އެބަ ބަލާލަން ޖެހޭ ދުވަސްކޮޅުތަކެއް، ކިހިނެއްތޯ ވަނީ ދުނިޔޭގެ މިކަންތައްތައް. މިވަގުތު އަޅުގަނޑުމެން ވީހާވެސް މީގެން ލިބޭ ގެއްލުން ކުޑަ ކުރެވޭތޯ ކުރެވެން ހުރި މަސައްކަތެއް ކުރަމުން ދަނީ، މި ދެންނެވީ ޓްރެވެލްގެ ބައިގައި. އަދި ހަމަ އެގޮތަށް ސަރުކާރުން މި ދަނީ މީގެ ރައްކާތެރިކަމުގެ ފިޔަވަޅު އަަޅަމުން". ތޮއްޔިބް ވިދާޅުވިއެވެ.

ކޮރޯނާއާ ގުޅިގެން ރާއްޖެެއިން ހަތް މީހަކު ޓެސްޓުކުރިއެވެ. އެހެންނަމަވެސް އެއިން އެކަކުވެސް ކޮރޯނާއަކަށް ޕޮޒިޓިވްއެއް ނުވެއެވެ.

ކޮރޯނާވައިރަސް ޖެހިގެން މަރުވި ޗައިނާ މީހުންގެ އަދަދު 908 އަށް އަރާފައިވާއިރު، ހޮންކޮންގް އާއި ފިލިޕީންސުން މަރުވި މީހުންނާއި އެކު ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 910 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޅިބޮޑޭ ސަރުކާރު

    ދެންވެސް ތިމާމެން ފޮނިނުކަނޑާ ﷲގެ ރަޙްމަތްފުޅުން މިޤައުމު ސަލާމަތް ކޮދެއްވާފައި އޮތަތީ އެފަރާތަށް ހަމްދުކޮށް ޝުކުރު ކުރަންވީ... މި ސޮހިފަ އޮތް ސަރުކާރުގެ މޮޅުވާހަކައެއްނޫން ދައްކަންވީކީ... ޗައިނާ ފިޔަވަޅު ނާޅާތީ ތޯ ފެތުރެނީ... ސިންގަޕޫރަުން ނާޅަނަނީ ތޯ...

    13
  2. ޥޗ

    ފައިދާ ވާތީތަ އޯޓީ ކަނޑާލީ

    13
    1
  3. Anonymous

    ފަތުރުވެރިކަމުން ފައިދާ ވަމުންދާ ކަމަށް ބުނާ އިރު ސިވިލްސާވަންޓުންގެ އިތުރުގަޑި ފައިސާ ކަޑަލުމުން ސުވާލު އުފެދޭ

  4. ދޮން ބުޅާ

    ކޮބައިހޭ ލާރިކޮޅު؟