ޖީ.އެމް ފޯރަމް (ޖެނެރަލް މެނޭޖަރސް ފޯރަމް) 2020 ގެ ޓައިޓަލް ސްޕޮންސަރ ގޮތުގައި އުރިދޫ މޯލްޑިވްސް އިން، ހޮޓެލިއަރ މޯލްޑިވްސްއާއި އެކު ސޮއި ކޮށްފިއެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓްތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނަށް ޙާއްސަ ކުރެވިގެން ބާއްވާ ހަމައެކަނި ފޯރަމްއެވެ. ހޮޓެލިއަރ މޯލްޑިވްސްއިން 2016 ވަނަ އަހަރު ޖީއެމް ފޯރަމް ތައާރަފް ކޮށްފައިވަނީ ރިސޯޓު ތަކާއި ހޮޓެލްތަށް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި މެދު މަޝްވަރާކުރެވި ހައްލެއް ހޯދޭނެ ޕްލެޓްފޯރމްއެށް ގާއިމް ކުރުމުގެ މަޤްސަދުގައެވެ. އެއްދުވަހަށް ދިގުދެމިގެންދާ މި ފޯރަމްގައި ޓުއަރިޒަމް ދާއިރާގެ ތަޖުރިބާކާރު މާހިރުން އެއަހަރަކަށް ޙާއްސަ ކުރެވިފައިވާ މަޢުލޫއަށް ޙާއްސަކޮށް ކީ ނޯޓް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަށް ކުރިޔަށްދާނެއެވެ. ޖީ.އެމް ފޯރަމްގެ ފަސްވަނަ ފޯރަމް މި އަހަރު ބާއްވާއިރު 100 އަށް ވުރެ ގިނަ، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގެ ޖެނެރަލް މޭނޭޖަރުން ބައިވެރިވާނޭކަމަށް ލަފާކުރެވެއެވެ.

"ހޮޓެލިއަރ މޯލްޑިވްސައިން ބާއްވާ ޖީ.އެމް ފޯރަމް އަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބްރޭންޑްތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު މާހިރުން އެއްތަންވެ ދާއިރާގެ ކުރިމަގު ބައްޓަންކުރުމަށް ވާހަކަ ދެއްކޭ ކޮންމެހެންވެސް ބައިވެރިވުން މުހިއްމު އިވެންޓެކެވެ. ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަނީ ޙާއްސަ އަހަންމިއްޔަތުކަމެއް ދީގެން. މިގޮތުން މިއަހަރުގެ ޖީ.އެމް ފޯރަމް އަކީވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް މުހިންމު އަދި ކާމިޔާބު ފޯރަމްއަކަށް ވާނޭކަމަށް އުންމީދުކުރަން" އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީ.އީ.އޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

"ދެމަހެއްޓެނިވި ގޮތެއްގައި އެންމެ ފުރިހަމަ އަދި ޒަމާނީ ޙިދުމަތަކެށް ފޯރުކޮއް ދިނުމަށް، ފަތުރުވެރިކަމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ އެހީ ވަރަށް މުހިއްމު. ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ގާއިމް ކުރުމުގައިވެސް ޓެކްނޮލޮޖީ މުހިއްމު ރޯލެއް ކުޅޭ. އެހެންކަމުން، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާފުޅާކޮށް ބައިނަލްއަގުވާމީ ފެންވަރުގު ޙިދުމަތްތައް ގެނެސްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ އުރީދޫ މޯލްޑިވްސް، ޖީ.އެމް ފޯރަމްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ޕާޓްނަރވުމީ އަޅުގަނޑުމެން އުފާ ކުރާކަމެއް. އުރީދޫގެ ޕާޓްނަރޝިޕް އާއި އެކު މި އަހަރުގެ ފޯރަމް އިތުރު ފުރިހަމަ ކަމާއި ކާމިޔާބުކަމާއެކު ކުރިއަށްދާނެކަން ޔަގީން." ހޮޓެލީއަރ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު މަމްދޫހު ވިދާޅުވިއެވެ.

ހޮޓެލް އަދި ރިސޯރޓް ތަކުގެ ޖެނެރަލް މެނޭޖަރުން، ސީ ސޫޓް ހޮޓެލިއަރުން، ހޮޓެލް މެނޭޖްމެންޓް ކުންފުނިތަކުގެ ވެރިނާއި ޑިވެލޮޕަރުންގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ޖީ.އެމް ފޯރަމް 2020 އާއި ބެހޭ އިތުރު މައުލޫމާތު ހޮޓެލިއާ މޯލްޑިވިސްގެ ވެބްސައިޓުން ލިބޭނެއެވެ.