މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީހެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.

މީރާގެ އޮފީހެއް ހުޅުމާލޭގައި ހުޅުވައިދެއްވީ އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.

މީރާގެ ހުޅުމާލޭ އޮފީހުން މާލޭގައި ހުންނަ މީރާގެ މައި އިދާރާ އިން ދޭ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާއިން މީގެ ކުރިން ވަނީ އައްޑޫ ސިޓީ ހިތަދޫ އާއި ޏ. ފުވައްމުލައް އަދި ހދ. ކުޅުދުއްފުށީގައި ވެސް މީރާގެ އޮފީހެއް ހުޅުވާފަ އެވެ. މީގެ އިތުރުން ފ. ނިލަންދޫ، ލ. ފޮނަދޫ އަދި ބ. އޭދަފުށީގައި ވަނީ މީރާގެ ކަލެކްޝަން ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ.

މީރާގެ ހިދުމަތްތައް ފުޅާކުރަމުން ދަނީ އާބާދީ އާއި ޓެކްސް ދައްކާ ފަރާތްތައް ގިނަ ސަރަހައްދުތަކަށް އިސްކަން ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަނގަޅު

    އެކަމުވެސް އަދި ވެސް ބެންކް އޮފް މޯލްދިވްސް އަށް ހުޅުމާލޭގައި ޔޫއެސް ޑޮލަރ އޭޓީއެމް އެށް ބެހެއްޓޭވަރެއްނުވޭ،

  2. ތަކުރު

    ހުޅުމާލެ ކޮންތާކު މިއޮފީސް ހުންނަނީ

  3. ތަކުރު

    ކޮންތާކު މިއޮފީސް ހުންނަނީ ހުޅުމާލެ ގެ

  4. ފަތޯ

    ޔޫތުޝެންޓަރ މަތީފުލޯގައި އެއީ އަނޫމާރޓް ފިހާރަ ހުންނަ ބުލޮކްގައި