މާޗް މަހުގެ 12 ވަނަ ދުވަހާއި ހަމައަށް މިއަހަރު ދައުލަތުން ކުރި ޚަރަދު މިދިޔަ އަހަރުގެ މި މުއްދަތާއި ބަލާއިރު އިތުރުވެ، ނަމަވެސް ދައުލަތައް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނީ 4.1 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު މިހާހިސާބަށް އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބުނެވެ.

މިއަހަރު މިހާތަނަށް 4.5 ބިލިއަން ރުފިޔާ ދައުލަތުން ވަނީ އެކި ކަންކަމަށް ޚަރަދު ކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު މިހާހިސާބަށް ޚަރަދު ކުރީ 3.9 ބިލިއަން ރުފިޔާއެވެ. މިހިސާބުތަކަށް ބަލާއިރު މިއަހަރު ދައުލަތުން ކުރި ޚަރަދުތައް މިދިޔަ އަހަރަށްވުރެ 500 މިލިއަން ރުފިޔާ އިތުރެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވެފައި ވަނީ މުސާރައާއި ހިންގުމުގެ ޚަރަދަށް ދައުލަތުން ކުރި ހޭދައެވެ.

ކޮވިޑް-19 ފެތުރެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ނަމަވެސް މާޗް 12 އާއި ހަމައަށް ދައުލަތައް ލިބުނު އާމްދަނީއަށް ބަލާއިރު އެކަމުގެ އަސަރު އަދި މާބޮޑަށް ކުރަމުންދާތަނެއް ނުފެނެއެވެ. މިއަހަރު ވެސް މިހާތަނަށް ޓެކްސް އިން 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވެއެވެ. އޭގެ ތެރެއިން މަދުވެފައި ވަނީ އިމްޕޯޓް ޑިއުޓީން ލިބުނު އާމްދަނީއެވެ.

ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ އިތުރު ވެފައެވެ. އޭގެ ތެރޭގައި ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި ޖީއެސްޓީ އަދި ޓްއަރިޒަމްގެ ޚިދުމަތްތަކުން ނަގާ ޓެކްސް އިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ އިތުރު ވެފައިވާކަން ފާހަގަ ކުރެވެއެވެ.

މާޗް މަހުގެ 07 ވަނަ ދުވަހު ރާއްޖެ އިން ކޮވިޑް-19 ފެނުމާއި އެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މިއަހަރު ދައުލަތުގެ އާމްދަނީން ހަބިލިއަން ރުފިޔާ މަދުވެދާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އ. ޖ. އ

  މިއީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލެއްގެ ނަތީޖާ... 2009 ގަ ވެސް ވީ ހަމަ އެހެން

  9
  2
  • އަހްމަދު

   މީކުރީގެ ސަރުކާރުގެ ދޯދިޔާ ކަމުންވާގޮތެއް.

   2
   4
 2. ށާރިފް

  .ދައުލަތުގެ ޚަރަދުތައް މައްޗަށް، އާމްދަނީ ބޮޑުތަނުން ދަށަށް!...ވެރިކަމާ ހަވާލުވި މީހުންނަށް ހަވާލު ވެވުނީ ބަލާވެރި ކަމަކާ ދޯ؟ ޔާމީނަ ބަލާވެރި ކަން ޖައްސަން އުޅުނު މީހުން ނަށް ފިލާވަޅެައް ކަމަށް ދެކެން....

  23
  1
 3. ލަބީބު

  ކޮންމެ ނުކުޅެދުންތެރިކަމެއްގެ ކުރިމައްޗަށް މިހާރު ނެރޭނީ ކޮރޯނާ! ތިމާމެންގެ ނާޤާބިލްކަމާ ނުކުޅެދުންތެރިކަން ފޮރުވުމަށް ރަގަޅު ނަމެއް މީ! އަދޭހާއެކު ގޮވާލަނީ ކަލޭމެން އިސްތިޢުފާދީފާ ރައީސް ޔާމީނާ ވެރިކަން ޙަވާލުކުރޭ!

  27
  1
 4. ހަންޑި

  ބޭރު ގައުމުތަކުންދޭ ހިލޭއެހީ ފޮރިންމިނިސްޓަރު ޝާހިދު ވީ ބަނޑުއަޅާފާ. އެބައި އަތުލަންވީ. އެބޅާ ވިދާޅުވީ ކުރިން ނުލިބޭވަރށް މިހާރު ބޭރުގެ އެހީ ލިބެޔޭ.

  13
 5. ނަޒީމް

  މިފަދަ ދުވަސް ވަރޔ ސަރުކާރުން ޖެހޭނީ ބޭރުން ފައިސާގެ އެހީ ހޯދާފަ ދަރަނިއަށްވިތަސް އެތެރެއައް ޚަރަދު އިތުރުކުރަން. މި ކާރިސާއިން އަރާގަނެވުނީމަ އެފައިސާ އަނހުރާ ދައްކަން ފަށާނީ.. މިއީ އެމެރިކާގައި އޮބާމާގެ ދުވަސްވަރު ހަރިކޭން ކެޓްރީނާ ކާރިސާއާއި ގުޅިގެންވެސް އަމަލު ކުރި ގޮތް. ކާރިސާގެ ދަނޑިވަޅަކީ ގައުމައް ލިބޭއެއްޗަކުން ދެކޮޅުނުޖެއްސޭނެ ދުވަސްވަރެއް. ވީމާ ސަރުކާރުތަކުން މިކަން ގަބޫލުކޮއް ބޮޑު ޑެފިސިޓެއްގައި ގައުމު ހިންގުމައަ މިއަހަރު ތައްޔާރުވާންޖެހޭ.

 6. ބދފ

  މީވެސް ކުރީ ސަރުކާރުގެ ދޯހަޅިކަމުންވީ ގޮތެކޭތޯ؟

  5
  1
 7. ބޯބޯ

  މިނާޤާބިލު ސަރުކާރުން ކުރިޔައްއޮތްދެ އަހަރުވެސް ދައްކާނެ ޢުޒުރެއްމީ ކޮވިޑު19 ކުރީސަރުކާު ޢިސްތިޢުފާ ނާޤާބިލު ސަރުކާރު