އާންމު ދިިރިއުޅުމަށް ބޭނުންވާ ގިނަ އަަދަދެއްގެ ސާމާނު އެއް ތަނަކުން ލިބޭ ގޮތަށް، އިހުސާން ފިހާރައިގެ އާ ފިހާރައެއް މިއަދު ހުޅުވައިފިއެވެ.

މައްޗަންގޮޅި ރާ ގުންޑާގޭގައި (މައްޗަންގޮޅި ސަހަރާ ކައިރީ)ގައި ހުޅުވި މި ފިހާރައަކީ މިހާތަނަށް ހުޅުވި އިހުސާން ފިހާރަތަކުގެ ތެރެއިން އެންމެ ބޮޑު އައުޓްލެޓެވެ.

މި ފިހާރައަކީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުންނަ ފިހާރައަކަށް ވުމާއެކު، މި ތަނަކީ އެއް ތަނަކުން ގޭތެރެއަށް ބޭނުންވާ ސާމާނު ގަނެލަން ބޭނުންވާ މީހުންނަށް ވަގުތު ސަލާމަތްކޮށްދިނުމުގެ އިތުރުން އިތުބާރު ހިފޭ ޚިދުމަތެއް ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

އެ ފިހާރައިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ގެތެރޭގައި ހިފާ ގެންގުޅޭ ސާމާނު ލިބެން ހުރެއެވެ. އަދި ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް "އިހުސާން ފިހާރަ 3" އިން ލިބެން ހުންނާނެއެވެ.

ކުޑަކުދިންނަށް ބޭނުންވާ އެކިކަހަލަ ސާމާނުތައް

އިހުސާން ފިހާރައިގައި ކާބޯތަކެތީގެ ގިނަ ބާވަތްތައް ވެސް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައް މިތަނުން ލިބެން ހުރެއެވެ.

މީގެ އިތުރުން ދިވެހިންނަކީ ފޮނި ކާތަކެއްޗަށް ޚާއްސަ ލޯތްބެއް ބަހައްޓާ މީހުންނަށް ވާއިރު "އިހުސާން ފިހާރަ"އިން ކޭކާއި، ފަޖް ފަދަ ތަކެތި ހެދުމަށް ބޭނުން ކުރާނެ ތަކެއްޗާއި، ފޮނި ކާތަކެތި ފުރިހަމަ ކުރަން ބޭނުން ކުރާ ސިރަޕް ފަދަ ތަކެތިވެސް ލިބެން ހުރެއެވެ.

ތަރުކާރީ އާއި މޭވާ އަދި މަހުގެ ބާވަތްތައް

މީގެ އިތުރުން ރީތިވާން ބޭނުން ކުރާ ސާމާނު ނުވަތަ ކޮސްމެޓިކްސްގެ އެކި ބްރޭންޑްތައް މިތަނުން ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ސައިބޯނި އާއި ޝޭމްޕޫ، ކޮންޑިޝަނަ ފަދަ ތަކެތިން ފެށިގެން ޚާއްސަ ދުވަސް ދުވަހު ރީތި ވާން ބޭނުން ކުރާ ސާމަނަށް ދާން ދެން މި ތަނުން ލިބެން ހުރެއެވެ. އެގޮތުން ހަންގަނޑު ރީތިކޮށް ބަލަހައްޓަން ބޭނުން ކުރާނެ އެކި ޕްރޮޑަކްޓްތަކާއި، މޫނާއި އިސްތަށިގަނޑު ރީތިކޮށް ބަލަހައްޓަން ބޭނުންވާ ތަކެތި ވެސް މިތަނުން ލިބެން ހުންނާނެއެވެ.

ރީތިވާން ބެނުންވާ ސާމާނު

ދިވެހިންނަކީ ޒަމާނުއްސުރެ ސާފުތާހިރު ކަމަށް ލޯބި ކުރާ ސާފު ބަޔަކަށް ވާއިރު، ގޭތެރެ އާއި ގެންގުޅޭ ސާމާނުތަކާއި، ބަދިގެ ސާފުކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ފިހާރައިން ލިބޭނެއެވެ. އަދި އަންނައުނު، ދޮންނަން ބޭނުން ކުރާ ސައި ބޯންޏާއި، އަންނައުނުގައި މީރުވަސް ދުއްވަން ބޭނުންކުރާނެ ސޮފްޓްނާ ފަދަ ތަކެތި ވެސް އިތުރު ފިހާރައަކަށް ނުގޮސް، މިތަނުން ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ގޭތެރެ ސާފުކުރަން ބޭނުން ކުރާ ސާމާނާއި، އެއްޗެހި ދޮންނަން ބޭނުން ކުރާ ސާމާނު

1988 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ "އިހުސާން ފިހާރަ" އަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ރައްޓެހި އެއް ނަމެވެ. މިހާތަނަށް އިހުސާން ފިހާރައިގެ ޖުމްލަ 4 ފިހާރަ ހުޅުވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ގަލޮޅުގައި ހުރި ދެ ފިހާރަ އާއި މާފަންނުގައި ހުރި ފިހާރައިގެ އިތުރުން ގަލޮޅުގައި "އިހުސާން ހޯމް"ގެ ނަމުގައި ގޭތެރޭގެ ސާމާނު ލިބޭގޮތަށް ހެދި ފިހާރައެވެ.

އިހުސާން ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރި މޭވާގެ ބާވަތްތަކެއް

މި ތަންތަނުން ހެޔޮ އަގުގައި ފަސޭހަ ކަމާ އެކު ތަކެތި ލިބުމުގެ އިތުރުން، ވިޔަފާރިކޮށްލުމުގައި ފަސޭހަވުމަކީ އިހުސާން ފިހާރައިގެ ކަސްޓަމަރުން އެ ފިހާރަ އިޚުތިޔާރު ކުރާ މައިގަނޑު އެއް ސަބަބެވެ.

މީގެ އިތުރުން ގަލޮޅުގައި ހުންނަ "އިހުސާން ފިހާރަ 2" އިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ސައުވީސް ގަޑިއިރު ޚިދުމަތް ދޭން ފަށައިފިއެވެ. ސައުވީސް ގަޑިއިރަށް ޚިދުމަތް ބަދަލު ކުރުމާއި ގުޅިގެން ރޭގަނޑުގެ ވަގުތުތަކުގައި ކޮފީ އާއި ކެއުމަށް ތައްޔާރު ކުރެވިފައިވާ ތަފާތު ބާވަތްތައް ވެސް އެ ފިހާރައިން ލިބެން ހުރެއެވެ.

އިހުސާން ފިހާރައިން ލިބޭ ގިނަ ތަކެއްޗަކީ ވެސް އެހެން ފިހާރަކަށް ވުރެ ހެޔެ އަގުގައި ލިބޭ ތަކެއްޗެވެ. ނަމަވެސް ތަކެތީގެ ކޮލިޓީއަށް ބަލާ އިރު އެތަނުގައި ހުންނަ ތަކެއްޗަކީ ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ ތަކެތިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޖޖޖޖޖ

  ރާގުންޑާގެއޭ ހަހަހަހަ ސަޅި ނަމެއް.

  9
  1
 2. ޜާގުންޑާ

  ޜާގުނޑާގޭ ލޮކޭޝަންބުނެދީބަލަ.

 3. އެނަލިސްޓް

  ސެނިޓަރައިޒާ އެބަހުރިތަ؟ ސެނިޓަރައިޒާ...