ރާއްޖޭގައި އަތަރު އަދި ބޮޑީ އޮއިލް ވިއްކުމުގައި އެންމެ ކުރީގައި އުޅޭ ފްރަގްރަންޓިއަރގެ ފިހާރައިން ރޯދަމަހާއި ދިމާކޮށް ބޮޑު ސޭލެއް ފަށައިފިއެވެ.
5% އާއި %25 ދެމެދުގެ އަދަދަކަށް ޑިސްކައުންޓް ލިބޭ މި ޕްރޮމޯޝަން ރޯދަ މަހުގެ ފަހު ދުވަހާއި ހަމައަށް ދެމި އޮންނާނެއެވެ.
ފްރަގްރަންޓިއަރ ކަލެކްޝަންގެ ބޮޑީ އޮއިލަކީ ގިނަބައެއްގެ މެދުގައި މަގްބޫލު އަދި ހިތްގައިމު ސެންޓްތަކުގެ ވަހުން ފްރަގްރަންސް ކޮށްފަ ހުންނަ އޮއިލް ތަކެކެވެ.
"ފްރަގްރަންޓިއަރ ކަލެކްޝަންގެ އޮއިލް ތަކަށް ގިނަ ބައެއްގެ ތަރުހީބު ވަރަށް ބޮޑަށް ލިބޭ. މި ޕްރޮމޯޝަނާއި އެކު އަޅުގަނޑުމެން މިވަނީ އަޅުގަނޑުމެންގެ އާ ވެބްސައިޓްވެސް ލޯންޗްކޮށްފައި. މާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށްވެސް ފްރޮޑަކްޓްތައް ބައްލަވައިގެންނެވިދާނެ." ފްރަގްރަންޓިއަގެ އޮފިޝަލަކު ވިދާޅުވިއެވެ.
މީރުވަސްދުވާ އޮއިލް، ސްޕްރޭ، އަތަރުގެ އިތުރުން ފްރަގްރަންޓިއަރ އިން ދަނީ މަޝްހޫރު ސްކިން ކެރަރ އަދި ހެއަރ ކެއަރ ޕްރޮޑަކްޓްތައްވެސް ވިއްކަމުންނެވެ. އެގޮތުން ދުނިޔޭގެ މާކެޓްގެ އެންމެ ކުރީގައި އުޅޭ ފޭޝަލް ކްލޭ، އަޒްޓެކް ހީލިންގް ކްލޭ އަދި ޖެމެއިކަން ބްލެކް ކާސްޓަރ އޮއިލް ނޫނީ އާމަނަކަ ތެޔޮވެސް ފްރަގްރަންޓިއަރ އިންދަނީ ވިއްކަމުންނެވެ.
ފްރަގްރަންޓިއަގެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 1000 އިން 1200 އަދި ރޭގަނޑު 2000 އިން 2200 އަށެވެ.
ފްރަގްރަންޓިއަރ ގެ ފިހާރަ ހުންނަނީ ލިލީމަގުގައި ޕާކިސްތާން އެންބަސީ ކައިރީގައެވެ. ފްރަގްރަންޓިއަރގެ ހޮޓްލައިން ނަންބަރަކީ 7788527 އެވެ.
ވަރަށް ރަނގަޅު ބޮޑީ އްއިލްއެށް ގައިގަ އުނގުޅާލަން
މީތި ވަރަށް ސަޅި
ހިތަށް އަރަނީ ކީތްވެގެންބާއޭ ވަކި ރޯދައާއި ދިމާކޮށް މީރުވަސް ދުވަނީ....
ހިތަށް އަރަނީ ކީތްވެގންބާއޭ ވަކި ރޯދައާއި ދިމާކޮށް މީރުވަސް ދުވަނީ..!!!
ފެން ކުޅި ކުޅެން ހަމަ ޕާރފެކްޓް
ވަސް ރަގަޅުތަ؟ އަޖުމަބަަންވީ ދޯ