އިހުސާން ފިހާރައިން ފެށި ކޮންމެ 14 ދުވަހަކުން ބަދަލުވާ ކުއީޒްގައި ބައިވެރިވެ، ރަނގަޅު ޖަވާބު ފޮނުވި ނަސީބުވެރިންގެ ތެރެއިން ފުރަތަމަ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ކުއިޒްގައި ހިމެނޭނީ އާއްމު މައުލޫމާތާއި، އިހުސާން ފިހާރައާއި ގުޅޭ މައުލޫމާތުތައް އަދި އެހެނިހެން މައުލޫމާތު ތަކެވެ.

މި ކުއީޒްގައި ބައިވެރިވާ މީހުންގެ ތެރެއިން، ކޮންމެ ދެ ހަފްތާއަކުން އެއް ފަހަރު ނަސީބުވެރިން ހޮވާނެއެވެ. ދެ މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކުއީޒްގެ ރަނގަޅު ޖަވާބުދިން މީހުންގެ ތެރެއިން ފުރަތަމަ ދެ ހަފްތާގެ ނަސީބުވެރިޔާއަށް ވަނީ ސެމްސަންގ 7.0 ޓެބެއް ހަވާލުކޮށްފައެވެ.

މި ކުއީޒް ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. މި ކުއީޒްގައި ބައިވެރިވުމަށް މި ލަންކަށް ފިއްތާލާށެވެ.

އިހުސާން ފިހާރައިގެ މު ކުއީޒްގައި ގިނަބަޔަކު ދަނީ ބައިވެރިވަމުންނެވެ.

އިހުސާން ފިހާރައަކީ ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ.