ރާއްޖޭގައި މިވަގުތު ފުޅާދާއިރާއެއްގައި ސުޕަރމާޓް ވިޔަފާރި ކުރަމުން އަންނަ އިހްސާން ފިހާރައިން މި ރޯދަ މަހު ކުރިއަށްގެންދަ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.
އިހްސާން ފިހާރައިގެ ހަ ފިހާރައެއް މާލޭގައި ހިންގައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެެއްގެ ބަޔަކު ވިޔަފާރި ކުރަަން ދާ ފިހާރައެއް ކަމެވެ.

އެގޮތުން މިދިޔަ ރޯދަ މަހުވެސް އެ ފިހާރައިން ގިނަބަޔަކު ވިޔަފާރިކޮށްފައި ވެއެވެ. އަދި ދުވަސްވަރު ފެށި ހާއްސަ ޕްރޮމޯޝަނެއްގެ ތެރެއިން ފިހާރައިން ވިޔަފާރި ކުރި މީހުންގެ ތެރެއިން 200ރ މަތިން ވިޔަފާރި ކުރި ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ދޫކޮށްފައި ވެއެވެ.

އެ ޕްރޮމޯޝަންގައި އިހްސާންގެ ކޮންމެ ފިހާރައަކުން ވިޔަފާރި ކޮށްގެންވެސް އަގުހުރި އިނާމްތަކެއް ކަނޑައެޅިއެވެ. އެގޮތުން ގުރުއަތުން ހޮވޭ ފުރަތަމަ ނަސީބުވެރިޔާއަަށް އިތުރު މީހަކު ގޮވައިގެން އުމުރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނެއެވެ. އަދި ދެވަނަ ނަސީބިވެރިޔާއަށް ސްމާޓްޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން އަދި މައިކްރޯވޭވް އަވަނެއް ދޭން ކަނޑައެޅިއިރު، ތިން ވަނަ ނަސީބުވެރިޔާގެ އިިނާމަކީ ބެޑްރޫމް ސެޓެކެވެ.

މިއަދު ވަނީ މި ތިން އިނާމު ލިބޭ ނަސީބުވެރި ފަރާތްތައް ހޮވާއެވެ. އެގޮތުން އުމްރާ ދަތުރުގެ ނަސީބިވެރިޔަކީ މާއިޝާ މުހައްމަދެވެ.

އަދި ހޯމް އެޕްލަޔަންސްގެ ނަސީބުވެރިފަރާތަކީ މުހައްމަދު އައިކް އަލީއެވެ.

އަދި ބެޑްރޫމް ސެޓްގެ ނަސީބުވެރިއަކީ ޔޫސުފެވެ.

1988ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ފެށި މިފިހާރައިގެ ވިޔަފާރި ފުޅާވެމިއަދު ވަނީ ދިވެހީންގެ ހިތްތަކުން ބޮޑު ލޯތްބަކާއި މަގްބޫލްކަމެއް ހޯދާފައެވެ.