އިހުސާން ފިހާރައިން ކުރިއަށް އޮތް ރަމަޟާން މަހަށް ބޭނުންވާ ސާމާނު ވަރަށް ބޮޑަށް އަގުހެޔޮކޮށްފިއެވެ.

އޭގެ ތެރޭގައި ރޯދަ މަހު ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ ސާމާނުތައް ހިމެނެއެވެ. އިހުސާން ފިހާރައިން ވަނީ ރަމަޟާން ހާއްސަ އަގުތައް ކަނޑައަޅައި، ބައެއް އުފެއްދުންތަކުން، އަގުތައް ތިރިކޮށްފައެވެ.

އެގޮތުން ކުރިން 15ރ. އަށް ދެމުން އަންނަ ޑަބަލް ޕީޗް ގެރިކިރު ދަޅުގެ އަގު 13.50ރ އަށް މިހާރު އިހުސާން ފިހާރައިން ވިއްކާއިރު، ކުރިން 14 ރުފިޔާއަށް ދޭ މަޔޮނައިޒް (236.5 އެމްއެލް) ފުޅީގެ އަގު ވަނީ 12ރ އަށް ތިރިކޮށްފައެވެ. އަދި މަސްދަޅުގެ އަގު 12.50ރ އަށް ހެޔޮކޮށްފައިވާއިރު، އަލަނާސިދަޅުގެ އަގު 24ރ އަށް ވަނީ ބަދަލުކޮށްފައެވެ.

އަދި ފްރުޓްދަޅުގެ އަގު 32ރ އަށް ބަދަލުކޮށްފައިވާއިރު، މާޖިރީން ތައްޓެއްގެ އަގު 29ރ. އަށް ހެޔޮކޮށްފައިވާއިރު، ކޭކް މިކްސް ޕެކެޓެއްގެ އަގު ވަނީ 40ރއަށް ބަދަލުކޮށްފައެވެ. އަދި ސަފާ ޓޮމާޓޯ ޕޭސްޓްގެ (400ގްރާމް)ގެ ދަޅެއް 13ރ. އަށް ހެޔޮކޮށްފައިވާއިރު، ސަންފްލާވާ އޮއިލް (1.8ލީޓަރު) ފުޅިއެއްގެ އަގު ވަނީ 70ރއަށް ހެޔޮކޮށްފައެވެ.

މީގެ އިތުރުންވެސް ރޯދަ މަހަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ރޯދައަށް ހެޔޮކޮށްފައިވާކަމަށް އިހްސާން ފިހާރައިން މައުލޫމާތު ދެއެވެ.

ފާހަަކޮށްލަން ޖެހޭ ކަމަކީ އިހްސާން ފިހާރައިން މި ރޯދަ މަހު ވިޔަރާރިކޮށްގެން އަގުހުރި އިނާމްތަކެއްވެސް ލިބޭ ކަމެވެ.

އެގޮތުން އިހްސާން ފިހާރައިގެ ހަ ފިހާރައިގެ ތެރެއިން ކޮންމެ އެއް ފިހާރައަކުން ވިޔަފާރި ކޮށްގެން އުމުރާގެ އަޅުކަމާއި، ސްމާޓްޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން އަދި މައިކްރޯވޭވް އަވަނާއި ބެޑްރޫމް ސެޓެއް ހޯދިދާނެއެވެ.

އެގޮތުން އޭގެން ކޮންމެ ފިހާރައަކުން 200ރ އިން މަތިން ކުރާ ވިޔަފާރިއަކަށް ދޫކުރާ ކޫޕަން ދަނީ މިހާރުވެސް ދޫކުރަމުންނެވެ.

އިހްސާން ފިހާރައަކީ ދިވެހި ރައްޔިތުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފިހާރައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.