މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ "އިހްސާން ފިހާރަ"ގެ ގަލޮޅު ފިހާރަ އީދު ދުވަހު އެއްވެސް ގަޑިއަކު ބަންދުކޮށްފައި ނުހުންނާނެ ކަމަށް އެ ފިހާރައިން ބުނެފިއެވެ.

އެ ފިހާރައަކީ ކާބޯތަކެއްޗާއި އެހެނިހެން ގިނަ ސާމާނުތައް ލިބޭ ބޮޑު ފިހާރައެކެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ކާބޯތަކެތީގެ ތެރެއިން ބޭނުންވާ ހުރިހާ ބާވަތެއް އެއްތަނަކުން ގަންނަން ބޭނުންވާނަމަ ދާން ވީ އިހްސާންގެ ފިހާރަތަކަށެވެ.

އެގޮތުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ލޮނުޒިޔާރަތް މަގުގައި ހުންނަ އިހްސާން2 ފިހާރަ ފެށިގެން 24 ގަޑިއިރު ހިދުމަތް ދޭން ފެށިއެވެ. އެހެން ނަމަވެސް ރޯދަ މަހު އެ ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފައި ވެއެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މާދަމާ ހެނދުނު 8:30 އިން ފެށިގެން ދެން އެ ފިހާރަ ހުންނާނީ 24 ގަޑިއިރަށް ހުޅުވާފައެެވެ.

މިއީ ގިނަ ކަސްޓަމަރުންގެ އެދުމާއެކު ނިންމި ނިންމުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން އާއްމުކޮށް އީދަށް ހާއްސަކޮށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިއީ ބޮޑު ފަސޭހައަކަށް ވެގެން ދާނެއެވެ. އެއީ އާއްމުކޮށް އީދަށް ބައެއް ފިހާރަތައް ބަންދުވެސް ކުރާތިއާއި އެކުގައެވެ.

އިހްސާން2ގެ ފިހާރައަކީވެސް ހުރިހާ ވައްތަރެއްގެ މުދާ އެއްތަނަކުން ލިބެން ހުންނަ ފިހާރައެކެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ގޭތެރަށް ބޭނުންވާ ސާމާނާއި، ރީތިވާ ސާމާނުވެސް ހިމެނެއެވެ.